ވިލިމާލެ ފެހިކުރަނީ މޭވާ އަޅާ ގަހުން

ވިލިމާލެ ފެހިކުރަނީ މޭވާ އަޅާ ގަހުން

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުން އިތުރު މޭވާ ގަސް އިންދަން ފަށައިފިއެވެ. މޭޔަރ އަދަމް ވިދާޅުވަނީ ސިޓީ ކައުންސިލްގެ އެ ހަރަކާތަކީ ހަމައެކަނި އެ ސަރަހައްދު ރީތިކުރުމުގެ ހަރަކާތެއް ނޫނެވެ. 

ސިޓީކައުންސިލުން ވިލިމާލޭގައި އިންދާ ގަސްގަހުން އަވަށަށް ފިނި ހިޔާ ލިބުމުގެ އިތުރަށް ތާޒާ މޭވާ ލިބިގެން ދާނެއެވެ. ފެހި ދުޅަހެޔޮ ޖަޒީރާއަކަށް ވިލިމާލެ ބަދަލުކޮށްލުމަކީ މޭޔަރ އާޒިމްގެ އަމާޒެވެ.

މާލެ ފެހިކުރުމުގެ ހަރަކާތަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން މާލެ ސިޓީ ކައުންސިލުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ރޭވިގެން ހިންގާ ކާމިޔާބު ފްރޮގްރާމެކެވެ.

މޭވާ އަޅާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި މިފަހަރު އިންދީ އަނބުގަހާއި ފޭރުގަހާއި ޖަނބުރޯލުގެ އިތުރަށް ރުކެވެ.