ހިޔާ ޓަވަރު ތަކަށް ކަރަންޓް ދިނުމަށް ވަގުތު ނަގާފާނެ: ސްޓެލްކޯ
ހުޅުމާލޭ ހިޔާ ޓަވަރު ތަކަށް ކަރަންޓް ދިނުމަށް އަޅާފައިވާ ކޭބަލުތައް މަރާމާތު ކުރުމަށް ގިނަ ވަގުތު ތަކެއް ނަގާފާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ކޭބަލްތައް އައިސޮލޭޓްކޮށް އެހެން ކޭބަލެއް މެދުވެރިކޮށް ހިޔާޓަވަރު ތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރު ދަނީ ކުރަމުންނެވެ.
އައިސޮލޭޓްކޮށް އެހެން ކޭބަލެއް މެދުވެރިކޮށް ހިޔާޓަވަރު ތަކަށް ކަރަންޓް ދިނުމަށް ގިނަވެގެން ހޭދަވާނީ ދެ ގަޑިއިރު ކަމަށް ސްޓެލްކޯއިން ބުނެއެވެ.