ކާމިޔާބު ފެނަކަ: ބިލެތްދޫ އައު އިންޖީނުގެ ހުޅުވުން

ހުޅުއްވާ ދެއްވީ ރައީސް ސޯލިހު

ކާމިޔާބު ފެނަކަ: ބިލެތްދޫ އައު އިންޖީނުގެ ހުޅުވުން

ފ. ބިލެތްދޫގައި 24 އަހަރު ވަންދެން ހިންގަމުން އައި ޒަމާންވީ އިންޖީނުގެ ބަންދުކޮށް ފެނަކަ ކޯޕަރޭޝަނުން އައު އިންޖީނުގެއެއް ބިނާކޮށް ހެދުމަތްދޭން ފަށައިފިއެވެ. އަވަށުތެރޭގައި އާއްމު އުދަގުލެއްގެ ގޮތުގައި ހުރި ބައު އިންޖީނުގޭގެ ބަދަލުގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި އެންމެ މިޒަމާނުގެ އިންޖީނުގެ ހުންނަނީ ވީހާވެސް އާއްމުނަށް އުދަގޫ ނުވާގޮތަށް ބަނދަރު މަތީގައި ބިނާކޮށްފައެވެ. 

ބިލެތްދޫގައި މީގެ ކުރީން ހުރި އިންޖީނުގެއަކީ ހަމައެކަނި ކޮންޓްރޯލް ރޫމަކާއި ޑެގްރޫމެއް ހުރި ތަނެކެވެ. އަދި އޮފީސް އިމާރާތުގައި ހުރީ ސްޓާފް އޭރިއާއެއް އެކަންޏެވެ. ނަމަވެސް އަލަށް ހުޅުވި އިންޖީނުގޭގައި ކޮންޓްރޯލް ރޫމަކާއި ޑެގްރޫމެއްގެ އިތުރުން ވޯކްޝޮޕެއް ހުރެއެވެ. ސްޓޯރއާއި ޗިމްނީއަކާއި ފިއުލް ޓޭންކް ހިމެނޭ އިންޖީނުގޭގައި ޕޭންޓްރީ އަދި ފާހާނާއެއް ހުރެއެވެ.

އައު އިންޖީނގޭގެ އޮފީސް އިމާރާތުގައި ރިސެޕްޝަންއާއި ލޮބީއާއި  މީޓިން ރޫމް މެނޭޖާ ރޫމްގެ އިތުރުން ޓެކްނިކަލް ސްޓާފް ރޫމާއި ރެސްޓް ރޫމާއި ޕޭންޓްރީ އާއި ފާހާނާ ހުރެއެވެ.

ކުރިން ހުރި އިންޖީނުގެއާއި އޮފީސް އިމާރާތުގައި ފަސް މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވުނު ނަމަވެސް، އަލަށް ހުޅުވި އިންޖީނުގެއާއި އޮފީސް އިމާރާތުގައި 30 މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވޭނެ އެވެ.

ބިލެތްދޫ އާ އިންޖީނުގެ ހުޅުވީ ޖެންސެޓްގެ ކެޕޭސިޓީވެސް އިތުރުކޮށްފަ އެވެ. އެގޮތުން ކުރީ ޖެންސެޓްގައި 1060 ކިލޯވޮޓް ހުރި ނަމަވެސް އަލަށް ހެދި އިންޖީނުގެ ޖެންސެޓް ކެޕޭސިޓީ ވަނީ 1200 ކިލޯވޮޓަށް އިތުރުކޮށްފަ އެވެ.

ރަށުގެ ޖާގަ ކުޑަވުމުގެ ސަބަބުން ބަނދަރުމަތީގައި ބިނާކުރި އާ އިންޖީނުގެ ހުޅުވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.