މޭޔަރ އާޒިމްގެ ތައުރީފް ސޭވް ދަ ބީޗްއަށް

މޭޔަރ އާޒިމްގެ ތައުރީފް ސޭވް ދަ ބީޗްއަށް

މޭޔަރ އާޒިމުގެ ސީދާ ބެއްލެވުމުގެ ދަށުން ހުއްޓުމެއް ނެތި ރެޔާއި ދުވާލު މާލެސިޓީގެ މަގުތަކުގެ ކާނުތައް ސާފުކޮށް މަގުތަކާއި ދުވާރުތަކުގެ އަޑިގުޑަން ފިލުވާ ޕާކްތަކާއި މައިޒާންތަކާއި ޕާކިންގ ޒޯނުތައް ތަރައްގީކޮށް ބަލަހައްޓަމުގައި މާލެސިޓީ ކައުންސިލުން އެބަގެންދެއެވެ.

މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދުރާލާ ރާވައިގެން ހުއްޓާނުލާ ދަނީ ކުރިއަށެވެ. ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ މުއައްޒަފުންނަށާއި ހިދުމަތް ހޯދާ ރައްޔިތުންނަށް ހިދުމަތް އެއްފުރާޅެއްގެ ދަށުން ދިނުމަށް ކުރެވޭ މަސައްކަތްވެސް ބާރަށް ދަނީ ކުރިއަށެވެ.

މާލެ ސިޓީގެ މަގުތަކުގެ ރައްކާތެރިކަމަށްޓަކާއި އާބާތުރަ ފިލުވަންޖެހޭ ޓްރެފިކް ފާހަގަތައް އައުކޮށް ޕާކިންގ ޒޯނުތައް ވަކިކޮށް ބެލެހެއްޓުމަކީ ހުއްޓުމެއް މަޑުޖެހުމެއް ނެތި ހިނގާ ކަންކަމެވެ. 

ރައްކާތެރި އަމާން ހިތް ފަސޭހަ ސިޓީއަކަށް މާލެ ސިޓީ ހެއްދެވުމުގައި މޭޔަރ އާދަމް އާޒިމް މަސައްކަތް ކުރައްވަނީ ހަމައެކަނި ހިކިފަސްތަން ރައްކާތެރިކޮށް އަމާންކަޮށް ހިތްފަސޭހަ ކުރާކަށް ނޫނެވެ. މާލެ ސިޓީ ދެމިއޮތުން ގުޅިފައިވާ ފަރުތައް ހިމާޔަތްކޮށް ކަނޑު ފަޅުގެވެށި ރައްކާތެރިކޮށް ދިރުވާ ދެމެހެއްޓުމަކީ މޭޔަރ އާޒިމް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެކެވެ. 

ވިލިމާލޭގައި މުރަކަ އާލާކުރުމަށް ސޭވް ދަ ބީޗް އިން ކުރައްވާ އަގުހުރި މަސައްކަތަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ތައުރީފް ކުރައްވާ ޝުކުރު އަދާ ކުރައްވައިފިއެވެ. 

ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް ވަރުބަލިކަމެއް ނެތި މުޖުތަމައުގެ ފަރާތުން ސޭވް ދަ ބީޗުން ކުރައްވާ މަސައްކަތަކީ ޝުކުރުވެރި ކަމާއެކު ހިތްވަރު ލިބިގަންނަ ކަމެއް ކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއެވެ. 

ސޭވް ދަ ބީޗުން ކުރިއަށް ގެންދާ މުރަކަ އިންދުމުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގަނެވުނު ކަމަށްޓަކައި ފަހުރުވެރިވެ ވަޑައިގަންނަވާކަން ފާހަގަ ކުރައްވަމުން މޭޔަރ އާޒިމް ވިދާޅުވަނީ " އެކުގައި މަސައްކަތް ކޮށްގެން އަޅުގަނޑުމެންނަށް ފަރުތައް ރައްކާތެރިކޮށް އަލުން ދިރުވޭނެ" ކަމަށެވެ.