ފެނަކައިން އިހަވަންދޫގައި ސޯލާ ޕެނަލް ހަރުކޮއްފި!

ފެނަކައިން އިހަވަންދޫގައި ސޯލާ ޕެނަލް ހަރުކޮއްފި!

އިއާދަ ކުރަނިވި ހަކަތައަށް ބޮޑު ފިޔަވަޅެއް އެޅުމުގެ ގޮތުން ރާއްޖޭގެ ގިނަ ރައްތަކެއްގައި ފެނަކަ ކޯޕަރޭޝަނުން އިސްނަގައިގެން އެތައް ޕްރޮޖައްކްޓު ތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން މި ފަހަރު މި ވަނީ ހއ. އިހަވަންދޫގައި ސޯލާރ ޕަވާރ އިންފްރާސްޓްރަކްޗާރ ގާއިމު ކުރުމައް ނިއްމައި އެ މަސައްކަތް ކުރިޔަށް ގެންގޮސް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

ފެނަކައާއި އިހަވަންދޫ ކައުންސިލާއި ދެމެދު ސޯލާރ ޕެނަލް ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ރަށުގެ 4 މިސްކިތެއްގައި މި ވަނީ ސޯލާރ ޕެނަލް ހަރުކޮށް ނިމިފައެވެ.

ފެނަކައާއި އިހަވަންދޫ ކައުންސިލާއި ގުޅިގެން މި ކުރެވުނު މަސައްކަތުގެ ސަބަބުން މޫސުމަށް އަންނަ ބަދަލު ތަކުން އަރައިގަތުމަށާއި އިއާދަ ކުރަނިވި ހަކަތައިގެ ހައްލުތައް ހޯދިގެންދާނެ ކަމައް ފެނަކައިން ގަބޫލު ކުރެވެއެވެ.

ފެހި އަދި ސާފު ތިމާވެއްޓާއި ރައްޓެހި  މުޖުތަމައެއް ބިނާ ކުރުމަށް ފެނަކައިން ކުރަމުން ގެންދާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެކެވެ.