އެސްޓީއޯގެ ހިއްސާއަކަށް 77 ރުފިޔާ

އެސްޓީއޯގެ ހިއްސާއަކަށް 77 ރުފިޔާ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި އެސްޓިއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ވެރިންނާއި މުވައްޒިފުންގެ އިތުރުން ހިއްސާދާރުން ގޮތުގައި 300 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މި އަހަރީ އާންމު ޖަލްސާގައި އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 77ރ. ބަހަން ވަނީ ފާސްކޮށްފި އެވެ. ޑިސްޓްރިބިއުޝަން ޕްރޮޕޯޒަލް ފާސްވެފައި މި ވަނީ ރޭގެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ.

ހިއްސާއަކަށް މިހާ ބޮޑު އަދަދެއް ބަހަން ރޭ ނިންމިއިރު މިއީ އެކުންފުނިން  މި ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައިވެސް މިހާ ބޮޑު އަދަދެއް ބަހަން ނިންމި ފުރަތަމަ ފަހަރުކަން ފާހަގަކޮއްލަން ޖެހެއެވެ.

ރައްޔިތުންނާއި ސަރުކާރުން ހިއްސާވާ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފަދާއެއްގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބުނެވެ. އަދި ފާއިތުވެ ދިޔަ އަހަރު ވަނީ ޖުމްލަ އާމްދަނީއެއް ގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ހޯދާފައެވެ.

އެސްޓީއޯއިން 2021 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 60ރ އެވެ. އެ ކުންފުނިން އެންމެ ފަހުން 2022 ގައި ހިއްސާއަކަށް ބަހާފައި ވަނީ 65ރ ގެ މަގުންނެވެ. މި އަދަދުތަކަށް ބަލާއިރު ވެސް ފެނިގެން މިދަނީ އަހަރުން އަހަރަށް މި ކުންފުނީގެ ފައިދާ ބޮޑުވެ ހިއްސާގެ އަގުތައް މަތިވަމުން އަންނަ ތަނެވެ.