އުތުރު ކޮރެއާގެ ޖާސޫސީ ސެޓެލައިޓް ކަނޑަށް ވެއްޓިއްޖެ
އުތުރު ކޮރެއާއިން އެގައުމުގެ ފުރަތަމަ ޖައްވީ ސެޓެލައިޓް މައްޗަށް ފޮނުވަން ރާވާފައި ވަނިކޮށް އެކްސިޑެންޓެއް ހިނގައި ކަނޑަށް ވެއްޓިއްޖެއެވެ.
ސެޓެލައިޓު ފޮނުވާލަން ރާވާފައިވަނީ އެމެރިކާގެ އަސްކަރީ ހަރަކާތްތައް މޮނިޓަރ ކުރުމަށް ޖޫން މަހުގެ 11 ވަނަ ދުވަހު ކަމަށް ޕިއޮންގްޔަންގުން ކުރިން އިއުލާން ކޮއްފައިވެއެވެ.
އެ ގައުމުން މިހާރު ބުނަމުން އަންނަނީ ވީހާ ވެސް އަވަހަކަށް ދެވަނަ ފަހަރަށް ލޯންޗު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އަސްކަރީ ސެޓެލައިޓްތައް ތަރައްގީ ކުރުން އެއީ އޭނާގެ ގައުމުގެ ދިފާއީ ދާއިރާގެ މުހިންމު ބައެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.