ވާނަރބްރަދާސް ސްޓޫޑިއޯ ޓުއާ ޓޯކިޔޯ : ހެރީޕޮޓަރ އާ ތީމް ޕާކެއް

ވާނަރބްރަދާސް ސްޓޫޑިއޯ ޓުއާ ޓޯކިޔޯ : ހެރީޕޮޓަރ އާ ތީމް ޕާކެއް
ވާނަރބްރަދާސް ސްޓޫޑިއޯ ޓުއާ ޓޯކިޔޯ : ހެރީޕޮޓަރ އާ ތީމް ޕާކެއް
ވާނަރބްރަދާސް ސްޓޫޑިއޯ ޓުއާ ޓޯކިޔޯ : ހެރީޕޮޓަރ އާ ތީމް ޕާކެއް

ހެރީ ޕޮޓާގެ ސަޕޯޓަރުންގެ ހުވަފެންތައް ހަގީގަތަކަށް ވެއްޖެއެވެ. ޓޯކިޔޯގެ ވިޒަރޑިން ވޯލްޑްގައި ފުރަތަމަ  ފަހަރަށް "މިނިސްޓްރީ އޮފް މެޖިކް" ސެޓް ހުޅުވައި އެމެރިކާގެ ފިލްމު ޖަޔަންޓްގެ ސަބްސިޑަރީއެއް ކަމަށްވާ "ވާނާ ބްރޯސް ސްޓޫޑިއޯ ޖަޕާނުން "ޓޯކިޔޯގައި އާ ތީމް ޕާކެއް ތަރައްގީކޮށް ހުޅުވައިފިއެވެ. މިތަނަށް ކިޔަނީ "ވާނަރ ބްރަދާސް ސްޓޫޑިއޯ ޓުއާ ޓޯކިޔޯ - ދަ މެކިން އޮފް ހެރީ ޕޮޓަރ" އެވެ.

މިތަން ހުޅުވުވާފައި ވަނީ ޓޯކިޔޯގެ ނެރިމާ ވާޑުގެ ޓޯޝިމާއެން އެމިއުޒްމަންޓް ޕާކް ކުރިން ހުރި ތަނުގައި ޖޫން 16 ވަނަ ދުވަހުއެވެ.

މި ތީމް ޕާކުގައި ހެރީ ޕޮޓާ ފިލްމުތަކުގެ އައިކޮނިކް ސެޓްތައް ދައްކާލާފައިވެއެވެ. މީގެތެރޭގައި ގްރޭޓް ހޯލް، ފޯބިޑަން ފޮރެސްޓް، ޑައިގަން އެލީ، އަދި ޕްލެޓްފޯމް 9 3⁄4 ވެސް ހިމެނޭއެވެ.