އިންޑިއާ އިން އާ ތާރީހެއް ހަދައިފި

އިންޑިއާ އިން އާ ތާރީހެއް ހަދައިފި

އިންޑިއާ އިން ކާމިޔާބުކަމާއެކު ޖައްވީ އުޅަނދެއް ހަނދުގެ ދެކުނު ޕޯލްއަށް  ޖައްސައި، އެކަން ކުރި ފުރަތަމަ ގައުމު ގޮތުގައި ވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މި މިޝަންގެ ކާމިޔާބީ "ހުރިހާ އިންސާނިއްޔަތަކަށް ނިސްބަތްވާ" ކަމަށެވެ. ޗަންދްރަޔާން-3 – ސަންސްކްރިޓް ބަހުން “މޫންކްރާފްޓް” – އިންޑިއާގެ ދެކުނުގެ ސްރީހަރިކޯޓާގައި ހުރި ލޯންޗް ޕެޑަކުން އުދުހިފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ބުނެވޭ ގޮތުގައި ހަނދުގެ ދެކުނު ޕޯލްއަކީ ޖައްސަން އެންމެ އުނދަގޫ ތަނެވެ. އެކަން ކުރުމަކީ ވަރަށް ދަތިކަމެއްކަން މިދިޔަ ހަފްތާ ބަންދުގައި ރަޝިޔާގެ ކްރާފްޓެއް އަމިއްލަ ބިޑެއްގެ ތެރޭގައި ވެއްޓުނު ފަހުންވަނީ ކަށަވަރުވެފައިއެވެ.  

ބެލެވޭ ގޮތުގައި ދެކުނު ޕޯލްގައި ހިޔަނި އަޅާފައިވާ ކްރޭޓަރު ތަކުގައި އައިސް ގަނޑު ފެން ހުރިކަމަށް ބެލެވެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެސްޓްރޮނޯޓުންނާއި ސައިންސްވެރިންނަށް އެތަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެވޭނެ ތަނެއްކަމަށް މިތަން ވެގެންދާނެއެވެ.

 

ނާސާ ހިމެނޭ ގޮތަށް ޖައްވީ އިދާރާތަކުން ވެސް ވަނީ މީގެ ކުރިން ހަނދުގެ ދެކުނު ޕޯލް ކްރޭޓަރުތަކުން ފިނިވެފައިވާ ފެން ފެނިފައިއެވެ.  ނަމަވެސް އެއްވެސް ގައުމަކުން މިހާތަނަކަށް މި ސަރަހައްދަށް ވަދެފައެއް ނުވެއެވެ.

 

ގަނޑު ފެން ހަގީގަތުގައި ހުރިނަމަ، އޭގެ އެހީގައި ތެލާއި، އޮކްސިޖަން އަދި ބޯފެނަށް ބޭނުންކުރެވިދާނެއެވެ. އަދި ކުރީގެ ހަނދުގެ އަލިފާންފަރުބަދަ ތަކާއި މިދުނިޔޭގެ ކަނޑުތަކުގެ އަސްލުތަކާ ބެހޭ ގޮތުންވެސް މައުލޫމާތު ލިބިގެނަދާނޭކަށް ބެލެވެއެވެ.