1500 ވުރެ ގިނަ ކުނި ޕުއްޕާހަން ފޮނުވައިފި

ކުނި އަޅާފަހުރި 1567 ފުއްޕާހަން މިއަހަރު ފޮނުވާފައިވޭ

1500 ވުރެ ގިނަ  ކުނި ޕުއްޕާހަން ފޮނުވައިފި

އުތުރު ކޮރެއާއިން ދެކުނު ކޮރެއާއަށް މި އަހަރު ތެރޭގައި ކުނި އަޅާފަހުރި 1567 ފުއްޕާހަން ފޮނުވާފައި ވާކަމުގެ ރިޕޯޓު ދެކުނު ކޮރެއާގެ ނޭޝަނަލް ފަޔަރ އެޖެންސީން ކޮށްފިއެވެ.

ޖެނުއަރީ 1 އިން ފެށިގެން އޮގަސްޓް 13 އަށް ޓޮޓަލިޓަރީ ކޮމިއުނިސްޓް ސްޓޭޓްގެ ބެލޫންތަކާ ކުރިމަތިލާން 1000 އަށް ވުރެ ގިނަ ފަޔަރ ފައިޓަރުންނާއި ،400 ފަޔަރ އިންޖީނު ފޮނުވާފައިވާ ކަމަށް އެންއެފްއޭ ޑޭޓާތަކުން ދައްކައެވެ.

އުތުރު ކޮރެއާއިން އަންނަނީ މެއި މަހުގެ ފަހުކޮޅުން ފެށިގެން ދެކުނު ކޮރެއާއަށް ބޯޑަރު މަތިން ކުނި ފުރިފައިވާ ފުއްޕާހަންތައް އުދުއްސަމުންނެވެ. މި ފުއްޕާހަންތައް ފޮނުވަމުން އަންނަނީ ދެކުނު ކޮރެއާގައި ތިބި އުތުރު ކޮރެއާގެ ޑިފެކްޓަރުންގެ ޖަމާއަތްތަކުން ބޯޑަރު މަތިން އުތުރަށް ފޮނުވި ޕިއޮންގްޔަންގްއާ ދެކޮޅު ލީފްލެޓްތައް ހިމެނޭ ފުއްޕާހަންތަކާ ހެދިކަމަށް ރިޕޯޓުތައް ބުނެއެވެ.