ކޯލް މީ ބައެ އެމޭޒަން ޕްރައިމަށް!

ކޯލް މީ ބައެގެ ޓްރެއިލާ އާންމުކޮށްފި

ކޯލް މީ ބައެ އެމޭޒަން ޕްރައިމަށް!

ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ލަގްޒަރީ ލައިފްސްޓައިލް ދައްކުުވައިދޭ ސީރީޒް "ކޯލް މީ ބައެ"ގެ ޓްރެއިލާ މިއަދު އާންމުކޮށްފިއެވެ.

އަންނަ މަހުގެ 6 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ އަނަންޔާގެ އަލަތު ސީރީޒް "ކޯލް މީ ބައެ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އުފެއްދުމެކެވެ.

ވީރް ދާސްއާއި ވަރޫން ސޫދު އާއި ގުރްފަތޭ ޕިރްޒާދާ އާއި ނިހާރިކާ ލީރާ ދަތު ފަދަ ތަރިން ފެނިގެންދާ މި ފިލްމަކީ މި އަހަރު ރިލީޒްކުރި "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" ވެސް ލިޔުނީ އިޝިތާ މޮއިތުރާއެވެ.

2019 ނެރުނު މަޝްހޫރު ފިލްމް "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވެގެން އައި އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ކޯ ގަޔޭ ހަމް ކަހާ" ގައެވެ.