ޝީޒާން ކައިވެނީގެ ނަމުގައި ތޫނިޝާ ބޭނުންކޮށް ޑިޗްކުރި: ތޫނިޝާ މަންމަ
ހަތަރު ފަސް މަހު ތޫނިޝާ ހައްލާލައިގެން ގެންގުޅެ ހިޔާނާތްތެރިވެ ދޫކޮށްލީ
ޓީވީ ބަތަލާ ތޫނީޝާ ޝަރްމާގެ މަރުގެ މައްސަލަ ބޮޑު މައްސަލަ އަކަށްވެ، އޭނާ އަމިއްލައަށް މަރުވުމުން އޭނާގެ އަލީ ބާބާ: ދަސްތާން-އީ-ކާބުލްގެ ކޯ ސްޓާ ޝީޒާން ހާންގެ މައްޗަށް ގާނޫނީ އެތައް ތުހުމަތުތަކެއް ކުރެވިއްޖެއެވެ. ޝީޒަން ހާން މީޑިއާ އާއި ވާހަކަ ދެއްކި ނަމަވެސް، އޭނަގެ އާއިލާއިން ވަނީ، މި އަދުގެ ވަގުތެއްގައި ރަސްމީ ބަޔާނެއް ނެރެ، މީޑިއާތަކުން އެ މީހުންނަށް "ޕްރައިވަސީ"(މިނިވަންކަން) ދިނުމަށް އެދިފަ އެވެ. އަނެއްކޮޅުން ތޫނީޝާގެ މަންމަ އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. މި ވީޑިޔޯގައި ތޫނިޝާގެ މަންމަ ބުނާ ގޮތުގައި، ޝީޒަން ހާން ވަނީ އޭނާގެ އަންހެން ދަރިފުޅު ކައިވެނި ކުރުމުގެ ނަމުގައި ބޭނުންކޮށް ޑިޗްކޮށްފައެވެ.
އިންސްޓަގްރާމްގައި އެނބުރެމުން އަންނަ މި ވީޑިއޯގައި ތޫނީޝާ ޝަރްމާގެ މަންމަ ވަނީތާ ޝަރްމާ ބުނީ، "އަހަރެން މީޑިޔާގެ ހުރިހާ އެންމެނަށް ބުނެދޭން ބޭނުންވަނީ ޝީޒަން ހާން އަހަރެންގެ ދަރިފުޅަށް ކެހި ދިނީއޭ. އަހަރެންގެ ދަރިފުޅާއެކު ގުޅުމެއް ބާއްވާ، ކައިވެނި ކުރާނެ ކަމުގެ ޔަގީންކަން ދީގެން، އެހެން އަންހެނަކާއެކު 'ގުޅުމެއް' ބާއްވަމުން ހަތަރު ފަސް މަހު ތޫނިޝާ ހައްލާލައިގެން ގެންގުޅެފައި ހިޔާނާތްތެރިވެ ދޫކޮށްލީ. ކައިވެނީގެ ވައުދާ އަހުދުވެފައި ތޫނިޝާ ދޫކޮށްލީ. އަހަރެން ހަމައެކަނި ބޭނުން ވަނީ އޭނާ އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބު ދޭން، އަދަބު ހައްގު އޭނައަށް، އޭނަ ދޫކޮށްލައިގެން ނުވާނެ. އަހަރެންގެ ދަރިފުޅު ހިނގައްޖެ. މީޑިޔާ އަދިވެސް ވަރަށް ބޮޑަށް އަހަރެމެންނަށް އެއްބާރުލުން ދޭތީވެ ހިތުގެ އެންމެ ފުނުން ޝުކުރު އަދާ ކުރަން. "
ތޫނިޝާގެ މަންމަގެ މި ވީޑިއޯ އަޕްލޯޑްވެފައި ވަނީ، ޝީޒާންހާން ފުލުހުންނަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ހާން އާއިލާއިން ނެރުނު ބަޔާނަށް ފަހުގައެވެ. ބަޔާނުގައި ވާ ގޮތުގައި ޝީޒަންހާން ބަރާބަރަށް މުމްބާއީގެ ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަ ވާހަކައަށް ފަހު "އަޅުގަނޑުމެން މި ވާހަކަ ދައްކާނީ ވަގުތު ޖެހުމުން. އެ ކަމަކު މި ވަގުތު އަޅުގަނޑުމެންގެ އާއިލާއަށް ހައްގުވާ ޕްރައިވަސީ އަޅުގަނޑުމެންނަށް ދެއްވާ"ށޭ ވަނީ ބުނެފައެވެ.