ބާގީ 4 ގެ ޝޫޓިން ފަށަނީ

ބާގީ އަނބުރާ ސިނަމާތަކަށް

ބާގީ 4 ގެ ޝޫޓިން ފަށަނީ

އެކްޝަން ފިލްމް ފްރެންޗައިޒް "ބާގީ" ގެ ހަތަރު ވަނަ ބައިގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް  ޑައިރެކްޓަރަކު ހަމަޖައްސައި، ފިލްމުގެ ބަތަލާ ވެސް ފައިނަލް ކުރުމުގެ މަސައްކަތް  މިހާރު ކުރިއަށްދާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

"ބާގީ" އެންމެ ފުރަތަމަ ރިލީޒް ކޮށްފައިވަނީ 2016 ގައި، ސަބީރް ހާންގެ ޑައިރެކްޝަނުގެ ދަށުންނެވެ. 

"ބާގީ 1" އަދި "ބާގީ 3" ގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ. "ބާގީ 2" ގެ ބަތަލާ ކަން ކޮށްފައިވަނީ ދިޝާ ޕަޓާނީ އެވެ. "ބާގީ 4" ގެ ބަތަލާ އަދި ޔަގީން ނުވެއެވެ. ގިނަ ބަޔެއްގެ އުންމީދު ގުޅިފައިވަނީ ޝްރަދާ އާއިއެވެ.