ޖަވާންގެ ކްލިޕްތަކެއް ލީކްވެގެން ޓްވިޓާއަށް ކޯޓް އަމުރެއް

ޖަވާންގެ ކްލިޕްތަކެއް ލީކްވެގެން ޓްވިޓާއަށް ކޯޓް އަމުރެއް

ދިއްލީ ހައިކޯޓުން ބުދަ ދުވަހު ޓުވިޓާއަށް ކޯޓު އަމުރެއް ނެރެފިއެވެ. އެ އަމުރަކީ ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން" ގެ ކްލިޕްތައް ހިއްސާކުރާ ކަމަށް ބުނާ ބައެއް ޔޫޒަރުންގެ އީމެއިލް އާއި އައިޕީ އެޑްރެސް އަދި ފޯނު ނަންބަރު ހިމެނޭ ގޮތަށް ސަބްސްކްރައިބަރުންގެ އާއްމު މައުލޫމާތު ހާމަކުރުމަށް ޓްވިޓަރއަށް ކުރި އަމުރުކެވެ.

ފިލްމުގެ ޕްރޮޑިއުސަރު ރެޑް ޗިލީސް އެންޓަޓެއިންމަންޓްސް ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ކޯޓުން ވަނީ ޔޫޓިއުބް، ޓްވިޓާ އަދި ރެޑިޓް އަށް ފިލްމުގެ ކޮންޓެންޓާއި ކްލިޕްތައް ހުއްދަ ނެތި ބްރޯޑްކާސްޓް ކުރުން ވަގުތުން ބްލޮކްކޮށް ޑައުން ކުރުމަށް އަމުރުކޮއްފައެވެ.

އޭޕްރީލް މަހު ކޯޓުން ވަނީ އެކި ވެބްސައިޓްތަކާއި އިންޓަނެޓް ހިދުމަތްދޭ ފަރާތްތަކަށް 'ޖަވާން' އާ ގުޅުން ހުރި އެއްވެސް ލަވައެއް، އޯޑިއޯއެއް އަދި ވީޑިއޯ ކްލިޕްއެއް ރަނގަޅު ލައިސަންސެއް ނެތި ކޮޕީކޮށް، ރެކޯޑްކޮށް، ޑިސްޕްލޭ ނުވަތަ ރިލީޒް ކުރުން ހުއްޓުވާފައިއެވެ.

އަދި ޕްރޮޑަކްޝަން ހައުސް އިން ރިފަރ ކުރާ ހުރިހާ ގަވާއިދާ ހިލާފު ކޮންޓެންޓްތަކާއި ކްލިޕްތައް ވަގުތުން ބްލޮކްކޮށް ޑައުން ކުރުމަށް ޔޫޓިއުބްއާއި ޓްވިޓާ އާއި ރެޑިޓް އަށް އަންގާފައިވެއެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.