ބިގްބޮސް13 ގެ ތަރިއެއް އުމްރާއަށް

އާސިމް މައްކާއަށް ދަތުރުކުރާ މީ ދެވަނަ ފަހަރު

ބިގްބޮސް13 ގެ ތަރިއެއް އުމްރާއަށް

މީހުނަށް އާސިމް ރިޔާޒް އެއާޕޯޓުން ފެނިފައި ވަނީ ކޮއްކޮ އުމަރު ރިޔާޒާ އެކު މައްކާއަށް ދިޔުމަށް އެއަރޕޯޓަށް ގޮސް އުޅެނިކޮށެވެ. ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރިއާގެ ދެބެން މައްކައާށް ދަތުރު ކުރަނީ އުމްރާ ވުމަށެވެ. ރިޔާގެ ދެބެން އިހުރާމް އަޅައިގެން ތިބިތަން ފެނިފައި އެ އެކްޓަރުންނަށް ސަޕޯޓަރުން ދަނީ ތައުރީފު ކުރަމުންނެވެ.

އާސިމް މައްކާއަށް ދަތުރުކުރާ މީ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ އަލީ ގޯނީއާއެކު އެ މާތް ބިމަށް ޒިޔާރަތް ކުރިތަން ފެނިފައެވެ. ބިގް ބޮސް 13 ގެ ދެވަނަ ތަރި އިހުރާމް އަޅައިގެން ހުރި ތަން އެއާޕޯޓުން ފެނުމުން ވަރަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ.

ރެޕްލަވަ ކިޔުންތެރިއަކު މަގުމަތީގައި ތުވާލީ އޮޅައިގެން އުޅުނު ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައި ވާތީ ދަތުރުމަތީގައި ތުވާލި އޮޅަން ޖެހެނީ ކިއްވެތޯ ނެޓްޒަނުން ސުވާލު އުފައްދަމުން ދިޔައެވެ.

މީގެ ކުރިން ވެސް އާސިމް މައްކާއަށް ޒިޔާރަތްކޮށް ޓްރޯލް ކުރުމުން ފައިޒަލް އަންސާރީ ކިޔާ މީހަކު އޭނާއާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ. މިއީ ނަފްރަތު އުފެއްދުން ކަމަށް ބުނެ އަލީ ގޮނީ މީޑިއާ ހައުސްއަށާއި ފައިޒާން އަށް ވެސް ފާޑުކިޔާފައިވެއެވެ. މައްކާއަކީ ފަތުރުވެރިންގެ ތަނަކަށް ހަދައިގެން ހިނާ ޚާން ޓްރޯލް ކޮށްފައި ވަނީ ވެސް މައްކައަށް ކްލިކްކޮށް އެތާނގެ ފޮޓޯތައް އާސިމްގެ އިންސްޓަގްރާމް ޕްރޮފައިލްގައި އާންމު ކުރުމުންނެވެ.