ތަމަޅަ ސުޕަސްޓާ ވިޖޭ އޭނާގެ ފިލްމު ލިއޯގެ ފަސްޓް ލޫކް ޕޯސްޓަރު އުފަންދުވަހު ހިއްސާ ކޮއްފި

ތަމަޅަ ސުޕަސްޓާ ވިޖޭ އޭނާގެ ފިލްމު ލިއޯގެ ފަސްޓް ލޫކް ޕޯސްޓަރު އުފަންދުވަހު ހިއްސާ ކޮއްފި

ތަމަޅަ ސުޕަސްޓާ ވިޖޭ ވަނީ އޭނާގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު ލިއޯގެ ފަސްޓް ލޫކް ޕޯސްޓަރު ބުރާސްފަތި ދުވަހު ހިއްސާކޮށްފައެވެ. ފޭނުންގެ ނަމުން 'ތަލަޕަތީ' ކިޔާ އެކްޓަރު މި ޕޯސްޓަރު އާންމުކޮށްފައިވަނީ އޭނާގެ 49 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އެވެ. ލޯކޭޝް ކަނާގަރާޖް ފިލްމުގައި ޓްރިޝާ، ސަންޖޭ ދަތު، އަރްޖުން، ޕްރިޔާ އަނަންދު، ގައުތަމް ވަސުދޭވް މެނޯން، މަންސޫރު އަލީ ހާން، ސޭންޑީ އަދި މިސްކިން ވެސް ފެނިގެންދާނެއެވެ.

އެ ޕޯސްޓަރުގައި ވިޖޭ ގެންގުޅެނީ ލޭ ހޭކިފަހުރި މުގުރު މަރުތޭލެކެވެ. އޭނާގެ މޫނުމަތިން ފެންނަ ކުލަވަރުން ސްކްރިޕްޓްގެ ބާރުގަދަކަމުގެ ވާހަކަ ދައްކައެވެ.