ޓައިޓަން ސަބްގައި ދަތުރުކުރި ފަސް މީހުން މަރުވެއްޖެ

ޓައިޓަން ސަބްގައި ދަތުރުކުރި ފަސް މީހުން މަރުވެއްޖެ
ޓައިޓަން ސަބްގައި ދަތުރުކުރި ފަސް މީހުން މަރުވެއްޖެ

ޓައިޓެނިކް ބޯޓުއޮތް ދިމާލަށް ދިޔުމަށް ކުރި 10 ގަޑިއިރުގެ ދަތުރު ނިމިގެން ދިޔައީ ހަދާނުން ފިލައިގެން ނުދާނެ ބޮޑު ކާރިސާއެއްގެ ގޮތުގައެވެ. އެމެރިކާގެ ކޯސްޓްގާޑުން ވަނީ "ޓައިޓަން" ގެ ނަމުން މަޝްހޫރު ސަބްމަރސިބަލްގައި ތިބި ފަސް މީހުންވެސް މަރުވެފައިވާކަން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފައެވެ.

ސާޗް ޓީމުތަކަށް ވަނީ ޓައިޓަން ސަބްމަރސިބަލްގެ އެތިއެތިކޮޅުތައް އުތުރު އެޓްލާންޓިކް ކަނޑުގެ ގާތްގަނޑަކަށް 13،000 ފޫޓު ފުންމިނުން ފެނި ބޯޓުގައި ތިބި މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބަކަށް ބެލެ ވެނީ "ކެޓަސްޓްރޯފިކް އިމްޕްލޯޝަން" ނުވަތަ ކުދިކުދި އެތިއެތި ކޮތަޅުތަކަށް ބޯޓު ފަޅައިގެން ދިއުމުންނެވެ.

މި ބޯޓުގައި ތިބި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ޓުއާ އޮޕަރޭޓަރުގެ ސީއީއޯ އާއި އިނގިރޭސި ވިޔަފާރިވެރިއަކާއި ފްރާންސްގެ މަޝްހޫރު ޑައިވަރެއްގެ އިތުރުން ޕަކިސާތާނީ ބިލިއަނަރަކާއި އޭނާގެ ދަރިފުޅުއެވެ.