މުޅި ގަތަރު އެކުގައި ފެނަށް އެދި އިސްތިސްގާ ނަމާދަށް
ނަމާދު ކުރުމުގައި އަމީރުވެސް އާއްމުންނާއެކު ބައިވެރިވެ ވަޑައިގަންނަވާނެ
ވާރޭ ވެހުމަށް އެދި ކުރާ (އިސްތިސްގާ) ނަމާދު ނޮވެމްބަރު 5 ގައި ގަތަރުގެ އެކި ކަންކޮޅުތަކުގައި ކުރުމަށް އެ ގައުމުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލްސާނީ ގޮވާލައްވާފައިވާ ކަމަށް އަމީރީ ދީވާނުން އިއުލާންކޮށްފިއެވެ.
އަދި ލުސައިލްގެ ނަމާދުކުރާ މައިދާނުގައި ހެނދުނު އޮންނަ އިސްތިސްގާ ނަމާދުގައި އަމީރު ޝައިހު ތަމީމް އާންމު ރައްޔިތުންނާ އެކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ގަތަރުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ހާމަކުރި ފަހުގެ މޫސުމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، މެންދުރުފަހު ގުގުރުމާއެކު ވާރޭ ވެހޭ ފަދަ ވިލާތައް އުފެދުމުގެ ފުރުސަތު އެބައޮތެވެ. ވެރިރަށް ދޯހާގެ ފިނިހޫނުމިން އަދިވެސް ހުރީ 30 ގެ އަދަދުތަކުގައެވެ.
އިސްތިސްގާ ނަމަދަކީ ވާރޭ ވެހުންދުރުވެ ފެނަށް ޖެހުމުން ވާރޭ ވެއްސެވުންއެދި ދެންނެވުމަށް ކުރުމަށް ޝަރުއުކުރައްވާފައިވާ ސުންނަތް ނަމާދެކެވެ.




