އިންޑިއާގެ މިނިސްޓަރަކު ދަތުރުކުރި ފްލައިޓެއް ކުއްލި ގޮތަކަށް ޖައްސައިފި

އިންޑިއާގެ މިނިސްޓަރަކު ދަތުރުކުރި ފްލައިޓެއް ކުއްލި ގޮތަކަށް ޖައްސައިފި

އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް ރަމޭޝްވާ ޓެލީ އާއި ބީޖޭޕީގެ އެމްއެލްއޭ މެންބަރަކު ދަތުރުކުރި  އިންޑިގޯގެ ފްލައިޓެއް ގުވާހާޓީ އެއާޕޯޓުގައި ކުއްލި ގޮތަކަށް ޖައްސައިފިއެވެ.

އިންޑިގޯގެ ފްލައިޓެއް ގުވާހާޓީގެ ލޮކްޕްރިޔާ ގޯޕީނާތު ބޯޑޮލޮއި އިންޓަނޭޝަނަލް އަށް ކުއްލިގޮތަކަށް ދަތުރު ބަދަލު ކޮއްފައި ވަނީ އެ ބޯޓުގެ ޕައިލެޓުން އެ ބޯޓުގެ އިންޖީނަށް ގޮތެއްވެއްޖެކަމަށް އިއުލާން ކުރުމަށް ފަހުގައެވެ.

ޔޫނިއަން މިނިސްޓަރު އޮފް ސްޓޭޓް ފޯ ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް ރަމޭޝްވާ ޓެލީ އާއި ބީޖޭޕީގެ ދެ މެމްބަރުން ވެސް ހިމެނޭ ގޮތުން އެ ފްލައިޓުގައި 150 އަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރަމުން ދިޔައެވެ. އެ މަތިންދާބޯޓު ޖެއްސުމާއެކު ވަނީ އިންސްޕެކްޓް ކުރަން ފަށާފައެވެ. އަދި ތަފްސީލީ އިންސްޕެކްޝަނަށް އިންޑޮނޭޝިއާގެ އެއާޕޯޓުގައި ބޯޓު ވަނީ މަޑުކޮއްފައެވެ.

މިދިޔަ މަހު އިންޑިގޯ އެއާރލައިންސްގެ އެހެން ފްލައިޓެއްގެ ކެބިން ތެރެއިން އަނދާ ވަހެއް ދުވުމުގެ ސަބަބުން ޑައިވަރޓްކޮށްފައި ވެސް ވެއެވެ. 

މިއަހަރުގެ ކުރީކޮޅު ސޫރަތު ފެށިގެން ދިއްލީއަށް ދަތުރުކުރި އިންޑިގޯ މަތިންދާބޯޓެއް މައްޗަށް އެރުމުގެ ތެރޭގައި ދޫންޏެއް ޖެހުމުން އަހުމަދުއާބާދަށް ޑައިވަރޓްކޮށްފައިވާ ކަމަށް ޑީޖީސީއޭ އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވެއެވެ.