ބޮސްދިނުމުން މިއުޒިކް ފެސްޓިވަލެއް ހުއްޓުވާލައިފި

ބޮސްދިނުމުން މިއުޒިކް ފެސްޓިވަލެއް ހުއްޓުވާލައިފި

އިނގިރޭސިވިލާތުގެ ބޭންޑް ދަ 1975 ގެ ލީޑް ލަވަކިޔުންތެރިޔާ މެޓީ ހީލީ މެލޭޝިއާގެ އެންޓި އެލްޖީބީޓީކިޔޫ ގާނޫނުތަކާ ހިލާފުވެ ސްޓޭޖުގައި ބޭންޑް މީހަކަށް ބޮސްދިނުމުން އެގައުމުގައި ބޭއްވި މިއުޒިކް ފެސްޓިވަލް ކެންސަލްކޮށްލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުއަލަލަމްޕޫރުގައި ބޭއްވި ގުޑް ވައިބްސް ފެސްޓިވަލްގައި ސްޓޭޖުގައި ހިނގި ހާދިސާއާ ގުޅިގެން އެގައުމުގެ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ މި އިވެންޓުގެ ބާކީ އޮތް ތިން ދުވަހުގެ އިވެންޓުތައް ކެންސަލް ކޮށްލާފައެވެ.

މެލޭޝިޔާގައި އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނާ ހިލާފު ކަމެކެވެ. މިކަމުގެ އަދަބަކީ ޖޫރިމަނާ އާއި ގާއިގަޑަކަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ހުކުރު ދުވަހު ބޭންޑުގެ ހެޑްލައިން ޕާފޯމަންސްގައި ސޯޝަލް މީޑިއާގައި ފުޅާދާއިރާއެއްގައި ހިއްސާކުރި ވީޑިއޯއެއްގައިވާ ފާޑުކިޔުންތަކަށް ހީލީ ބުނީ، "ދަ 1975 އަށް ގައުމަކަށް ދައުވަތުދީ، ދެން ޖިންސީ ގުޅުން ހިންގޭނީ ކާކާއެކީ ކަން ކިޔައިދިނުމުގެ ބޭނުމެއް އަހަންނަކަށް ނުފެނޭ" އެވެ.