އީ-ކޮމާސް ލޮޖިސްޓިކްސް ފެސިލިޓީ ސައުދީއަށް

އީ-ކޮމާސް ލޮޖިސްޓިކްސް ފެސިލިޓީ  ސައުދީއަށް

މެދު އިރުމައްޗަށް އަމާޒުކޮށް ބިނާކުރެވޭ  ގްލޯބަލް އީ-ކޮމާސް ލޮޖިސްޓިކްސް ފެސިލިޓީ ބިނާ ކުރުމަށް ހަމަޖެހުނީ ސައޫދީ އަރަބިއްޔާގައެވެ. ގްލޯބަލް ޑިސްޓްރިބިއުޝަން ސެންޓަރު ހެދުމުގެ މަސައްކަތް ކުރާނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސީޖޭ ލޮޖިސްޓިކްސް އިންއެވެ. މި ފެސިލިޓީ ހުންނާނީ ރިޔާދުގެ ސްޕެޝަލް އިންޓެގްރޭޓެޑް ލޮޖިސްޓިކްސް ޒޯންގައެވެ. މި ފެސިލިޓީގެ މަސައްކަތް ނިމޭނެ ކަމަށް ވަނީ 2024  ވަނަ އަހަރުއެވެ.

ސައުދީ ސަރުކާރުން މި ޒޯން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރީ އެމީހުންގެ 2030 ވަނަ އަހަރުގެ ތަސައްވަރެއް ކަމުގައިވަނީ އެމީހުންގެ ރަސްކަމުގެ ގްލޯބަލް ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ގާއިމު ކުރުމެވެ.

މި ޒޯންގެ ލަނޑުދަޑި ބިނާކުރެވިފައި ވަނީ، އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ ބިލިއަން ކްލައިންޓުންނަށް ހިދުމަތް ދެވިގެންދާނެ ގޮތަކަށެވެ. މީގެ ސަބަބުން ސައުދީގެ މަގުސަދެއް ކަމަށްވާ  ކާގޯ ކެޕޭސިޓީ އަހަރަކު 4.5 މިލިއަން ޓަނަށް ވުރެ ބޮޑުތަނުން އިތުރުކުރުމުގެ މަސައްކަތް ފުރިހަމަ ވެގެންދާނެވެ.