ޒުވާނުންނަކީ މާދަމާގެ ލީޑަރުނެއްނޫން- މިއަދުގެ ލީޑަރުން: ޝާހިދު

ޒުވާނުންނަކީ މާދަމާގެ ލީޑަރުނެއްނޫން- މިއަދުގެ ލީޑަރުން: ޝާހިދު

އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުގެ އިންޓަރނޭޝަނަލް ކޮމިއުނިޓީ އެމްބެސެޑަރ އަދި އދ ގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ހާލަތާއި ވަގުތައް ބައްލަވާ ދުނިޔެއަށް ދެއްވި މެސެޖު މުޅި ދުނިޔޭން ވެސް ބަލައިގަތެވެ. 

ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން އިފްތިތާޙުކުރި "ފޮރ އަވަރ ފިއުޗަރ" ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި އދ. ގެ މައި އޮފީސްގައި ކީނޯޓް އެޑްރެސް ދެއްވަމުން ދެއްވި މުހިންމު ދުނިޔެއަށް މެސެޖް ދެއްވީ ޒުވާނުންނާއި އަންހެނުންގެ އިސްނެގުމާގުޅޭ ގޮތުންނެވެ.

އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި އދ. ގެ ކުރިއަށް އޮތް ލީޑަރަކަށް ހޮވަންވީ އަންހެނެކެވެ. އދ. ލީޑަރަކަށް ގާބިލު އަންހެނެކު ހޮވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. 

"ފޮރ އަވަރ ފިއުޗަރ" ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި އޮނަރަބަލް ޝާހިދު ދެއްވި އެންމެ ވަރުގަދަ އެއް މެސެޖަކީ ޒުވާނުންނަށް ދެއްވި މެސެޖެވެ. ޒުވާނުންނަކީ މަދާމާގެ ލީޑަރުންނޫން ކަމަށާއި ޒުވަނުންނަކީ މިއަދުގެ ލީދަރުންކަމަށް ޝާހިދު ވިދާޅުވިއެވެ.   

އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން އިފްތިތާހުކުރި "ފޮރ އަވަރ ފިއުޗަރ" ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި ކީނޯޓް އެޑްރެސް ދިނުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ޝަރަފުވެރި ކަމެއްކަމުގައި އދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އޮނަރަަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. 

އެކްސްގައި އެކަމާގުލޭގޮތުން ޝާއިއުކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މި މުނާސަބަތުގައި، އދ. ގެ "ޕެކްޓް ފޮރ ދަ ފިއުޗަރ" ތަންފީޒު ކުރުމަށް އެންމެ ރަނގަޅު އުސޫލުތަކާ ބެހޭގޮތުން އަލި އަޅުވާލެއްވުނު ކަމަށެވެ. 

އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން އިފްތިތާހުކުރި "ފޮރ އަވަރ ފިއުޗަރ" ހަރަކާތުގެ ކޯ-ސްޕޮންސަރުން ކަމަށްވާ ބަހުރެއިން، ގަޔާނާ، ހަންގަރީ، ކުވައިތު، ސަމޯއާ، ސިންގަޕޫރު، ތަޖިކިސްތާން، ޓޯންގާ، އަދި ޔުގަންޑާގެ ޕަރމަނެންޓް މިޝަންތަކަށް، ޕެކްޓްގެ މަގުސަދުތައް ކުރިއެރުވުމަށް އެ ފަރާތްތަކުން ދެއްވި ވަރުގަދަ އެއްބާރުލުމާއި ކޮމިޓްމަންޓަށް އެމަނިކުފާނުގެ ހިތްޕުޅުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. 

ޕެކްޓް އެޖެންޑާ ހިއްސާކުރުމުގައި ހިތާއި ރޫހުން ބައިވެރިވެ ހިއްސާކޮށްދެއްވި އދ. ގެ ހުރިހާ މެންބަރު ގައުމުތަކަށާއި، އދ.ގެ އޭޖެންސީތަކަށާއި ސިވިލް ސޮސައިޓީ ޖަމާޢަތްތަކަށާއި އަދި މަލްޓިލެޓަރަލް ޕާޓްނަރުންނަށް ވެސް އޮނަރަބަލް ޝާހިދު ޝުކުރު އަދާކުރައްވައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި "މިހުރިހާ ފަރާތްތަކާ ގުޅިގެން، އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި މިހާރަށްވުރެ ރަނގަޅު ދުނިޔެއެއް ބިނާކޮށް، "ޕެކްޓް ފޮރ ދަ ފިއުޗަރ" ގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް މަގު ދައްކައިދޭނެ ފައިދާހުރި ގޮތްތަކަކަށެވެ."