ބޭސް ސިޓީއާއި ނުލާ އިޖުތިމާއީ ގުޅުމުން ފަރުވާކުރުން
ބޭސް ދިނުން ހުއްޓާލުމަށް ކުރާ ކަމެއް ނޫން
ލިންކަންޝަޔަރގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި ގުދުރަތީ މާހައުލާއި، ބޭރުގެ މާހައުލާއި އަދި މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ޑޮކްޓަރުން ލަފާދޭ މިންވަރު އިތުރުވެފައިވާކަން އެން.އެޗް.އެސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސޯޝަލް ޕްރެސްކްރައިބިންގ (އިޖުތިމާއީ ފަރުވާ) އަކީ ބޭސް ސިޓީއާއިނުލާ ހޮސްޕިޓަލުން ބޭރުގައި ކުރެވޭ ހަރަކާތްތަކާއި ރަހުމަތްތެރިކަމުގެ ޕްރޮގްރާމްތަކާއި މުޖުތަމައުގެ ގްރޫޕްތަކާ ބަލިމީހުން ގުޅުވައިދީގެން ބައްޔަށް ލުއިހޯދުމެވެ.
ދަ ސެންޓަރ ފޯ މެންޓަލް ހެލްތް އެންޑް ސޮސައިޓީ ގާއިމުކުރެއްވި ޕްރޮފެސަރ ރޮބް ޕޫލް ވިދާޅުވެފައިވަނީ މި ހިޔާލަކީ "މާބޮޑު ހެކިތަކެއް" އޭގެ ބޭނުން ކުރުމަށް ތާއީދު ކުރާ ކަމެއް ނޫންކަމަށެވެ. ނަމަވެސް، ލިންކަންޝަޔަރގެ ބޮސްޓަންގައި ހުންނަ ޕާކްސައިޑް މެޑިކަލް ޕްރެކްޓިސްގެ ޑރ. ދިވްޔާ ކުއްޓަޕަން މި ގޮތް އާންމުކޮށް ބޭނުން ކުރައްވައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ "ހަރަކާތްތަކުގައި ބައިވެރިވެ، މުޖުތަމައުގެ ބައެއްގެ ގޮތުގައި ހުރުމުން އައު މަގުސަދެއް އުފެދެއެވެ. މިއީ ބޭސްފަރުވާ އެކަނި ކޮށްގެން ހައްލުކުރެވޭނެ ކަމެއް ނޫނެވެ."
ސޯޝަލް ޕްރެސްކްރައިބިންގ އަކީ އެން.އެޗް.އެސް އިންގްލެންޑްގެ ޕްލޭންގެ "މައިގަނޑު ބައެއް" ކަމުގައި ބަޔާންކޮށްފައިވެއެވެ. 2023-24 ވަނަ އަހަރު 900،000 މީހުން މިކަމަށް ރިފަރ ކުރެވޭނެކަމަށް އުންމީދު ކުރެވެއެވެ.
ލިންކަންޝަޔަރގައި މީގެ ބޭނުންކުރުން އިތުރުވެފައިވެއެވެ. އެން.އެޗް.އެސް ލިންކަންޝަޔަރ އިންޓެގްރޭޓެޑް ކެއަރ ބޯޑުގެ މައުލޫމާތު ދައްކާގޮތުގައި 2017-18 ގައި ޕައިލެޓް ޕްރޮގްރާމެއްގެ ދަށުން 128 މީހުން ރިފަރ ކުރެވުނު އިރު، 2024 ގެ މާރިޗު މަހާ ހަމައަށް ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި 4،584 މީހުން ރިފަރ ކުރެވިފައިވެއެވެ.
ޑރ. ކުއްޓަޕަން އިތުރަށް ވިދާޅުވެފައިވަނީ "އަޅުގަނޑުމެން ސޯޝަލް ޕްރެސްކްރައިބިންގއަށް ރިފަރ ކުރަނީ ވަކި ހާއްސަ ބައްޔަކަށް އެކަނި ނޫން." ކަމަށެވެ. "ބަލިމީހާއާ ވާހަކަދައްކާލުމުން އަޅުގަނޑުމެންނަށް އެނގޭ އާންމުކޮށް ދޭ ބޭސްތަކުގެ އިތުރުން އެހެން ކަންތައްތަކުން އެމީހަކަށް ފައިދާ ކުރާނެކަން." މިއީ "އަޅުގަނޑު ދެކޭގޮތުގައި މިއީ ބޭސް ދިނުން ހުއްޓާލުމަށްޓަކައި ކުރާ ކަމެއް ނޫން." ކަމަށް ޑޮކްޓަރ ވިދާޅުވެއެވެ.
ބައެއް ދިރާސާތަކުން ބުނެފައިވަނީ މި ހިޔާލުގެ ސަބަބުން ބަލިމީހުންގެ "ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެފައިވާ" ކަމަށެވެ. ނަމަވެސް ބޭންގޯ ޔުނިވަރސިޓީގައި އިޖްތިމާޢީ ނަފްސާނީ ހިދުމަތްތެރިކަމުގެ މާއްދާ ކިޔަވައިދެއްވާ ޕްރޮފެސަރ ޕޫލް، އެހެން ބޭފުޅަކާއެކު ލިޔުއްވި ކަރުދާހެއްގައި ހުށަހަޅުއްވާފައިވަނީ މިކަމުގެ "ނަތީޖާ ރަނގަޅުކަމުގެ މާބޮޑު ހެއްކެއް ނެތް" ކަމަށެވެ. އޭނާ ވިދާޅުވީ "މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް އަދި އަޅުގަނޑުމެން ބޭނުންވަނީ އާންމު ސިއްހަތަށް ބޮޑު ފައިދާއެއް ލިބޭތަން ފެންނާށެވެ. އާއްމު ސިއްހަތަށް ބޮޑު ފައިދާއެއް ލިބޭނެކަމަށް ގަބޫލުކުރެވޭނެ އެއްވެސް ސަބަބެއް އެކަމުގައި ނެތެވެ."
ޕްރޮފެސަރ ޕޫލް ފާޑުކިޔުއްވީ މި ސިޔާސަތުގެ ސަބަބުން މެދު ފަންތީގެ މީހުންނަށް ގިނައިން ފައިދާވާތީއެވެ. ނަމަވެސް މިއީ "އެންމެ ބޮޑަށް ފަރުވާ ބޭނުންވާ މީހުންނަށް އެހީތެރިވެދޭނެ" ކަމެއް ނޫނެވެ.
ޕީޓަރ ގްރެގޮރީ އަކީ މިދިޔަ އަހަރު އޭނާގެ ބައްޕަ ނިޔާވުމާ ގުޅިގެން ނަފްސާނީ ދަތިތަކާ ކުރިމަތިލާންޖެހުނު މީހެކެވެ. އޭނާ އަކީ "ހުރިހާ އެއްޗެއް ފުނޑުފުނޑުވެގެން ދިޔަ" ކަމަށް ގަބޫލުކުރުމަށްފަހު މި ކަމުގެ ފައިދާ ސީދާ ތަޖުރިބާކޮށްފައިވާ ބަލިމީހެކެވެ. "އަޅުގަނޑު ބޭނުމެއް ނުވޭ ބޭރަށް ނުކުންނާކަށް، ނުވަތަ އެއްވެސް މީހަކު ބަލާކަށް ނުވަތަ ވާހަކަދައްކާކަށް،" އޭނާ ބުންޏެވެ.
"ޑޮކްޓަރުން މެދުވެރިކޮށް އަޅުގަނޑު ވާހަކަދެއްކި ރީތި އަންހެން ބޭފުޅަކު އަޅުގަނޑާ ވިލޯބީ ރޯޑް އެލޮޓްމަންޓްސްއާ ގުޅުވާ ދިނުމަށް އެހީތެރިވެދެއްވިއެވެ. އެމީހުން އަޅުގަނޑަށް މިކަމުގައި އެހީތެރިވެ އެއްބާރުލުން ދިނެވެ. މިހާރު، އަމިއްލަ ގާޑަނިންގ ވިޔަފާރިއެއް ފެށުމަށް މަސައްކަތްކުރަން ނިންމައިފިކަމަށް އޭނާ ބުނެއެވެ.
ޕީޓަރ ގްރެގޮރީ ބުނަނީ "ކަލޭގެ މިކަން ކުރަން ބޭނުން ނުވެދާނެއެވެ. ނަމަވެސް އެއްފަހަރު ކޮށްލަބަލާށެވެ. މިކަމުގައި ދެމިހުރެ ކުރިއަށް ގެންދަން މަސައްކަތް ކުރާށެވެ. މިއީ ހަމަ ޔަގީނުންވެސް އޭގެ އަގު ހުރި ކަމެކެވެ. މިކަމުން އަޅުގަނޑަށް ވަރަށް ބޮޑަށް އެހީތެރިވެދީފައިވެއެވެ.