އަމިއްލަ ނަފްސް ދެކެ ލޯބިވުން

އަމިއްލަ ނަފްސް ދެކެ ލޯބިވާ މީހާ ނަފްސް އިސްލާހު ކުރަން މަސައްކަތްކުރޭ

އަމިއްލަ ނަފްސް ދެކެ ލޯބިވުން

އަމިއްލަ ނަފްސު ދެކެ ލޯބިވުމުގެ ވާހަކައަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. އަމިއްލަ ނަފްސަށް ކުރާ ލޯތްބަކީ ހަމައެކަނި ތިމާއާ މެދު ތިމާ އަމަލުކުރާ ގޮތުގެ އިތުރުން އަމިއްލަ ނަފްސާމެދު ތިމާގެ ވިސްނުމާއި އިހުސާސްތައް ވެސް ހިމެނޭ ކަމެކެވެ. އަމިއްލަ ނަފްސަށް ޓަކައި ނުވަތަ ތިމާއަށް ޓަކައި ކުރާނެ ކަންތައްތަކާއި، އަމިއްލަ ނަފްސާމެދު ވާހަކަ ދައްކާ ގޮތާއި، ލޯތްބާއި ކަންބޮޑުވުން ދައްކުވައިދޭ ގޮތާއި އަމިއްލަ ނަފްސާމެދު އަމިއްލައަށް އިހުސާސްކުރެވޭ ގޮތް ދެނެގަންނަން މަސައްކަތް ކުރެވިދާނެއެވެ.

އަމިއްލަ ނަފްސު ދެކެ ލޯބިވާއިރު، އަމިއްލަ ނަފްސާމެދު މުޅިން ވެސް ރަނގަޅު ވިސްނުމެއް ގެންގުޅެން ވާނެއެވެ. އޭގެ މާނައަކީ ކޮންމެ ވަގުތަކު ވެސް އަމިއްލަ ނަފްސާ މެދު ޕޮޒިޓިވް އިހުސާސެއް ކުރެވުމެއް ނޫނެވެ. ވަގުތީ ގޮތުން އަމިއްލަ ނަފްސާމެދު ދެރަވެ، ރުޅި އައިސް، ނުވަތަ މާޔޫސް ވިޔަސް އަމިއްލަ ނަފްސު ދެކެ ލޯބިވެވިދާނެއެވެ. މިއީ އޮޅުން އަރާ ކަމެއް ނަމަ އެހެން ގުޅުންތަކުގައި މިކަން ހިނގާ ގޮތާ މެދު ވިސްނާލާށެވެ.

ބައެއް ފަހަރު ދަރިފުޅު ދެކެ ރުޅި އައިސް މާޔޫސްވި ނަމަވެސް ދަރިފުޅު ދެކެ ލޯބިވޭނެއެވެ. ރުޅިވެރިކަމާއި މާޔޫސްކަމުގެ ތެރޭގައިވެސް އޭނައަށްޓަކައި ވާ ލޯތްބަކީ ތިބާ އޭނާއާ ގުޅުން ބަދަހިކުރާ ގޮތް އަންގައިދޭ ކަމެކެވެ. އެކަމުގެ ސަބަބުން އޭނާއަށް މާފުކޮށް، އޭނާގެ އިހުސާސްތަކަށް ވިސްނައި، އޭނާގެ ބޭނުންތައް ފުއްދައިދިނުމާއި، އޭނާގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ނިންމުންތައް ނިންމުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަމިއްލަ ނަފްސަށް އޮންނަ ލޯތްބަކީ ވެސް ހަމަ އެކަހަލަ ކަމެކެވެ. މާނައަކީ އެހެން މީހުން ދެކެ ލޯބިވާން އެނގޭނަމަ އަމިއްލަ ނަފްސު ދެކެ ލޯބިވާން އެނގޭނެއެވެ.

އަމިއްލަ ނަފްސަށް ލޯތްބެއް ނެތި، އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ނުރުހި ފާޑުކިޔައި ހަދާނަމަ މީހުންގެ ނުރުހުމުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ބޮޑެވެ. އެހެން މީހުންގެ ފަރާތުން  ގޯނާކުރުން ފަދަ ކަންކަމަށް ކެތްކުރުމުގެ ފުރުޞަތު ބޮޑެވެ. ތިމާގެ އަމިއްލަ ބޭނުންތަކާއި އިހުސާސްތަކަށް އިހުމާލުވުމަކީ އަމިއްލަ ނަފްސުގެ އަގު ވަޒަން ނުކުރާތީ ވެދާނެ ކަމެކެވެ. އަދި ތިމާގެ އަމިއްލަ މަސްލަހަތު ފުށުއަރާ ގޮތަށް ނުވަތަ ނިންމުންތައް ނިންމުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އަމިއްލަ ނަފްސް ދެކެ ލޯބިވާ މީހާ ނަފްސް އިސްލާހު ކުރަން މަސައްކަތްކުރެއެވެ. އެހެންމީހުންގެ ރުމާ ލޯތްބަކީ ނަފްސަށް ސާބިތުކަން އިތުރުކޮށްދޭ ކަމެކެވެ. މީހުންގެ ރުހުން ހޯދުމަށް ހުންނަ ރަނގަޅު އަމިއްލަ ގޮތްތައް ގުރުބާން ނުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަމިއްލަ ނަފްސް ދެކެވާ ލޯތްބަކީ މީހާ ހަރުދަނާކޮށް، މިންގަނޑުތަކެއް ކަނޑައަޅައި، އެހެން މީހުންނާ އެކު ދުޅަހެޔޮ ގުޅުމެއް އުފައްދައި، އަމިއްލަ ނަފްސަށް އަޅާލުމާއި، މަސްލަހަތާއި ލަނޑުދަނޑިތައް ހާސިލްކޮށް، ތިމާއަކީ ކާކުކަން ފަޚުރުވެރިވުމަށް މަގުފަހިކޮށްދޭ ބިންގަލެވެ.