ސެންޓް: ލޯބި އުފައްދައިދީ ފަހަށް ރައްކާކޮށްދޭ

ޖަޒުބާތުތައް އެންމެ ގާތުން ގުޅުވާލަދޭ ބާރުގަދަ އިހުސާސަކީ ސެންޓް

ސެންޓް: ލޯބި އުފައްދައިދީ ފަހަށް ރައްކާކޮށްދޭ

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިންސާނުންގެ ވިސްނުމާއި ފިކުރު ތަރައްގީ ވަމުން އަންނަނީ ވަރަށް ހަލުވި ކަމާއެކުއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާ ދިރިއުޅޭ ވެށްޓާ އަދި ޚާއްޞަކަމެއްގެ ގޮތުގައި އަމިއްލަ ސާފުތާހިރުކަމާއި ރީތި ކަމަކީ މިއަދު އެންމެންވެސް ބޭނުންވާ ކަންކަމެވެ. މިކަންކަމުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއްކަމަކީ އެމީހަކު އެންމެ ގަޔާވާ ސެންޓެއް ހޯދައިގެން ބޭނުންކުރެމެވެ. ޚާއްސަކޮށް އެކަކު އަނެކަކާ ބައްދަލުވުމަށް ބޭނުންވާހިނދުގައްޔާއި އޮފީސް މާހައުލުގައްޔާއި އަދި  ޚާއްޞަ ހަފްލާތަކަށްދާއިރު ސެންޓް ޖަހާލުމަކީ ވަރަށްވެސް ޚާއްޞަ ސަމާލުކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.

މީގެ 4000 އަހަރު ކުރިން ސައިޕްރަސްގެ ޖަޒީރާއިން އުފެދިގެން އައި ސެންޓަކީ މިއަދާ ހަމަޔަށށްވެސް އިންސާނުންނަށް އެހާ ކަމުދާ އެއްޗަކަށްވީ ކީއްވެތޯ ބަލާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސެންޓަކީ އޭގައި ކޮންފަދަ ޖާދުވީ އަސަރުތަކެއް އެކުލެވިގެންވާ އެއްޗެއްކަން ސެންޓް ބޭނުންކުރާ އެންމެންނަށް ވެސް އެގެން ޖެހެއެވެ. އަދި ސެންޓުން ކުރާ ފައިދާތަކާއި ގެއްލުންވެސް އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ސެންޓަކީ ކޮބާ؟

ސެންޓަކީ އާންމުކޮށް ދައުރުވާ ސިފައެއްގައި ހުންނަ މީރުވަސްދުވާ ޒަރޫރީ ތެޔޮ ނުވަތަ މީރުވަސްދުވާ ކޮމްޕައުންޑްތަކާއި ފިކްސޭޓިވްސް އަދި ސޮލްވެންޓްސް އެއްކޮށްލައިގެން އުފައްދާ ވަހެކެވެ. ސެންޓް މާނަކުރެވެނީ ހިތްގައިމު އަދި މީރުވަސްދުވާ ވަހެއް ދޫކޮށް ފަތުރާ މާއްދާތަކެއްގެ ގޮތުގައެވެ.

ސެންޓުން ލިބޭ ފައިދާ

ސެންޓު ބޭނުން ކުރަނީ މީހެއްގެ ހަށިގަނޑަށް ހިތްގައިމު އަދި އެދެވޭ ވަހެއް ދިނުމަށެވެ. އާންމުކޮށް އަމިއްލަ ނަފްސަށް ޝައުގުވެރިވުމާއި އަމިއްލަ ނަފްސަށް އިތުބާރު ކުރުމުގެ މަގުސަދުގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި  ސެންޓުން ލިބޭ ފައިދާތައް ވަރަށްވެސް ގިނައެވެ. އެގޮތުން ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދީ މޫޑު ރަނގަޅުކޮށްދެއެވެ. ހާސްކަމާއި ސްޓްރެސް ކުޑަކޮށްދީ، ކޮގްނިޓިވް ފަންކްޝަން އިތުރުކޮށްދީ، ނިދި ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން މީރުވަސްދުވާ، ވަސްދުވާ ސްޓިމިއުލޭޝަންގެ ސަބަބުން ލޭގެ ޕްރެޝަރު ރަނގަޅުކޮށްދިނުމާއި މަސްތަކުގެ ޓެންޝަން ހަމަޔަކަށް އެޅުވުމާއި ލޮލުގެ ކުލަ ބޮޑުވުމުގެ އިތުރުން ހަމުގެ ފިނިހޫނުމިން ހިފަހައްޓާ ދިނުމާއި ނާރުތަކުގެ ރޭޓް އަދި ސިކުނޑީގެ ހަރަކާތް ފަދަ ފިޒިއޮލޮޖިކަލް ޕެރަމީޓަރުތަކަށް ވަގުތުން ބަދަލުތަކެއް އަންނަ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

ސެންޓަކީ އެންމެންނާވެސް ގުޅޭއެއްޗެއް

މީރުވަސް ދުވާ ވަސްތަކަކީ ސިއްހީ ގޮތުން ކުރިމަތިވާ ނުރައްކާތެރި ގިނަ އަދަދެއްގެ މީރުވަސްތަކާ ގުޅުން ހުރި އެއްޗެކެވެ. އެތައް ދިރާސާތަކެއްގެ ތެރެއިން ވަސް އުފެއްދުމަށް ބޭނުންކުރާ ކެމިކަލްތައް ގިންތި ކުރެވިފައިވަނީ އެލާޖަންސް، ހޯރމޯން ޑިސްރަޕްޓަރސް، އެސްފީނާ ޓްރިގަރސް، ނިއުރޯޓޮކްސިންސް  ކާސިނޯޖެންސްގެ ގޮތުގައެވެ. ޕަންޗްލައިން: ވަސްތަކަކީ ވަރަށް ވިހަ މީރުވަސްތަކެކެވެ. ވުމާއެކު އެކަކު ޖަހާސެންޓް އަނެކަކަށް ނުގުޅި ދިއުމަކީވެސް ވެދާނެ ކަމެކެވެ. ޚާއްޞަކޮށް ހަމުގެ މައްސަލަތަކާއި، ނޭވާލާ ނިޒާމްގެ މައްސަލަތައް ހުންނަ މީހުންނަށް ވަސްގަދަ ސެންޓްތަކަކީ އެހާ ރަނގަޅު އެއްޗެއް ނޫނެވެ.

ސެންޓަކީ ލޯބި އިތުރުކޮށްދޭ އެއްޗެއް

ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ސެންޓަކީ ވަރަށް އަޖއިބު ކުރުވަނިވި އެއްޗެކެވެ. އަދި އެއީ ލޯބީގެ ފެށުމެކެވެ. ލޯބިއުފައްދައިދިނުމުގައާއި އެލޯބި ފަހަށް ރައްކާ ކޮށްދޭ ބައިވެރިއެކެވެ. އިންސާނާގެ ހަނދާން ތަކާއި ޖަޒުބާތުތައް އެންމެ ގާތުން ގުޅުވާލަދޭ ބާރުގަދަ އިހުސާސަކީ ސެންޓެވެ. މާޒީގެ ތަޖުރިބާތަކަށް ބަލާއިރު ދިރުމަކާއި ރޫހެއް އުފައްދާ ޒަމާންތަކަކަށް އެހަދާންތައް ރައްކާކޮށްދެނީ ސެންޓެވެ. ސުލޫކީ ދިރާސާތަކުން ދައްކާގޮތުގައި ވަސްތަކަކީ ތަސްވީރުތަކަށްވުރެވެސް ބޮޑު ޖަޒުބާތުތަކެއް ގެނައުމަށް ކުޅަދާނަ އެއްޗެކެވެ. ވަކި ވަސްތަކަކާ ގުޅިފައިވާ ހަދާންތަކުގެ ސަބަބުން ސިކުނޑީގެ ލިމްބިކް ސިސްޓަމްގައި ހަރަކާތްތެރިކަން އިތުރުވެއެވެ. ސެންޓަކީ ދިމާވާ ކަންތައްތަކާމެދު ވިސްނުމުގެ ކުރިން ހަށިގަނޑަށް ރިއެކްޓް ކުރުމުގެ ބާރު ލިބިގެންވާ އެއްޗެކެވެ.