އާސާރީ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް

އާސާރީ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް

ސެންޓްރަލް ސިޑްނީގެ ހުންނަ ހަތް ބުރީގެ އާސާރީ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައި 13 އަހަރުގެ ދެ ފިރިހެން ކުދިން ފުލުހުންނާ ހަވާލުވެއްޖެއެވެ.

މި އިމާރާތުގައި އަލިފާން ރޯވެފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުއެވެ. މި އަލިފާންގަނޑު ނިއްވަން ގާތްގަނޑަކަށް 100 ވަރަކަށް ފަޔާ ފައިޓަރުން ބޭނުންވިއެވެ.

ފުލުހުން ގަބޫލުކުރާ ގޮތުގައި މި ހާދިސާގައި އަދި އެހެން ކުދިންތަކެއްވެސް ބައިވެރިވިއެވެ. އަދި އެކުދިން ކުރިއަށް އައުމަށް ވެސް އެދިފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގައި 15 މީހަކު ގަދައަށް ނިދާފައި ތިއްބެވެ. އޭގެ ތެރެއިން 13 މީހަކު ވީހިސާބް މިހާރުވަނީ ހޯދާފައިއެވެ.

މީގެއިތުރުން ވަށައިގެންވާ އިމާރާތްތަކުން މަދުވެގެން 70 އާއިލާ ވަނީ އެ މީހުންގެ ގެދޮރު ދޫކޮށްފައެވެ.

ފަޔަރ އެންޑް ރެސްކިއު ނިއު ސައުތު ވޭލްސް އިން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އަލިފާންގަނޑު "10 ވަނަ" އެލާމް ސްޓޭޓަސް އަށް އަރާފައިވެއެވެ. މިއީ އެންމެ ވަރުގަދަ ލެވެލްއެވެ.

މި އިމާރާތަކީ ތަރިކައިގެ ގޮތުގައި ލިސްޓް ކޮފައިވާ އިމާރާތެކެވެ.މިއީ ކުރިން " ހެންޑަސަން ހެޓް ފެކްޓްރީ" ހުރި އިމާރާތެކެވެ.

ފުލުހުން ވަނީ އަމިއްލައަށް ހަވާލުވި 2 ކުދިން އެ މީހުންގެ ސުވާލުތަކުގައި އެހީތެރިވަމުން ދާކަން ކަށަވަރުކޮށްދީފައިއެވެ.