ކެންޑީ މެޓާގެ ގޮތުގާ ނުރައްކާތެރި މެތު ބަހައިފި

ބެހި ކާބޯތަކެތީގެ ޕާރުސަލްތައް 400 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވޭ

ކެންޑީ މެޓާގެ ގޮތުގާ ނުރައްކާތެރި މެތު ބަހައިފި

އޮކްލެންޑްގެ ޗެރިޓީއަކުން ބެހި މެޓާ ތަކެއް ހޯދަން ނިއުޒިލޭންޑްގެ ފުލުހުން ފަށައިފިއެވެ. އެ މެޓާތަކުގައި ނުރައްކާތެރި މިންވަރަކަށް މެތަމްފެޓަމިން ހިމެނޭކަމަށް ވެއެވެ. އެ މެޓާ ކެއުމުން ފުރާނަ ދާވަރުގެ ނުރައްކާތެރި މިންވަރަކަށް މެތު ހިމެނޭކަމަށް ނިއުޒިލޭންޑްގެ ރަސްމީ އިދާރާތަކުން މައުލޫމާތުދެއެވެ. 

އޯކްލެންޑް ސިޓީ މިޝަނުން ބެހި ކާބޯތަކެތީގެ ޕާރުސަލްތައް 400 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް ފަގީރުކަމާ ދެކޮޅަށް މަސައްކަތްކުރާ ޗެރިޓީ އަކުން ބުނެއެވެ. ފޮނި އެއްޗެހި ހަދިޔާ ކުރީ އާންމުންގެ މީހަކު ނަން ނުޖަހާ ބަންދުކޮށްފައިވާ ރީޓެއިލް ޕެކޭޖެއްގައި ކަމަށް ވެސް އެ ޖަމާއަތުން ބުނެއެވެ.

ނިއުޒީލެންޑް ޑްރަގް ފައުންޑޭޝަނުން ވަނީ ރިންޑާ ބްރޭންޑްގެ އަލަނާސި ލޮލީ ބޭނުން ނުކުރުމަށް އިންޒާރު ދީފައެވެ.

ޑްރަގް ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ކެންޑީ މެޓާތަކުގައި ގާތްގަނޑަކަށް 3ގ މެތަމްފެޓަމިން ހުރިކަމަށެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.