ރައްޔިތުންގެ ބައްދަލުވުމުގެ ހަރަދާ ގުޅުވާ ފަތުރަނީ ދޮގު ހަބަރު: މޭޔަރ އާޒިމް
ހަބަރު ފެތުރުމުގައި ޒިންމާދާރު ވުމަށް އިލްތިމާސެއް
ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ރައްޔިތުންގެ ބައްދަލުވުމުގެ ހަރަދުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފަށް ފަތުރަމުންދާ ހަބަރުތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް މާލެސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓްގައި އެކަމުގެ ހަގީގަތް ހާމަ ކުރައްވަމުމުން ވިދށޅުވީ 2023 ގައި ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00ރ ހަރަދު ކޮށްފައިވާ ކަމަށެވެ. އެއީ ޑރ. މުހައްދު މުއިއްޒު ގެ މޭޔަރު ކަމުގެ ދުވަސް ވަރެވެ.
އާޒިމްގެ މޭޔަރުކަމުގައި ހަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އެ ހަރަދު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައިކަމަށް އާޒިމް ވިދާޅުވެއެވެ.ިކ އެގޮތުން 2026 ގެ ފެބުރުއަރީ ބައްދަލުވުމަށް 567,839.34ރ އަދި ޖުލައި ބައްދަލުވުމަށް ހަރަދުވީ 585,137.34ރ. ކަމުން މި ދެ ބައްދަލުވުމުގެ ހަރަދުވެސް ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައެވެ.
ނަމަވެސް ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުހީ އަޅާފައިވަނީ މުޅި އަހަރުގެ ޚަރަދު އެއީ އެންމެ ބައްދަލުވުމެއްގެ ހަރަދުކަމަށް ދޭހަވާ ގޮތަށް.ކަމަށް އާޒިމް ވިދާޅުވިއެވެ.
ވީމާ، މިފަދަ ހަގީގަތެއް ނެތް ދޮގު މަޢުލޫމާތު ނުފެތުރުމަށާއި، ހަބަރު ފެތުރުމުގައި ޒިންމާދާރުވެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް މާލޭ މޭޔަރ އިލްތިމާސްކުރައްވައެވެ.


