ސްކޫކް ޑިފޯލްޓްނުވެ ރާއްޖެ ސަލާމަތްވެއްޖެ!

ޝެޑިއުލް ޕޭމަންޓް ދައްކަން ޖެހެނީ މިމަހުގެ 08 ގެ ކުރިން

ސްކޫކް ޑިފޯލްޓްނުވެ ރާއްޖެ ސަލާމަތްވެއްޖެ!

2026 އަށް އަދާކޮށް ނިންމުމަށް ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކޮށްފައިވާ 500 މިލިޔަން ޑޮލަރގެ ސްކޫކް ޝެޑިއުލް ޕޭމެންޓް ނުދެއްކިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތީ ހީވެފައެވެ. ސްކޫކެއް ޑީފައުލްޓްވާ ފުރަތަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ބިރު ދުނިޔޭގެ މާލީ އިދާރާތަކަށް އޮތީ ހީވެފައެވެ. ރާއްޖޭގެ މާލީހާލަތު އޮތްގޮތުން އެ ކަމަކީ ނުވެނުދާނެ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. 

2024 ގެ އެޕްރީލް މަހުން އޮކްޓޯބަރ މަހަށް ދައްކަން ޖެހޭ ޝެޑިއުލް ޕޭމެންޓް ދައްކަން ޖެހެނީ މިހިނގާ އޮކްޓޯބަރ މަހުގެ 08 ވަނަ ދުވަހުގެ ކުރިންނެވެ. އެ ތާރީހުގެ ކުރިން އެ ޕޭމެންޓް ނުދެއްކިއްޖެ ނަމަ ވެދާނެ ގޮތަކާމެދު އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. 

ސްކޫކް ޑިފޯލްޓް ވުމަށް އެއް ދުވަހަށް ވެފައިވަނިކޮށް ސްކޫކްގެ ޝެޑިއުލް ޕޭމަންޓް މިއަދު ދެއްކިޖެކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފިއެވެ. ކޮޅުނެތް ކޮޅަށް ހަމްދު ކުރަމެވެ. ދުނިޔޭގައި ފުރަތަމަ ސްކޫކްއެއް ޑިފޯލްޓްވާ ގައުމަކަށް ރާއްޖެނުވެ މިފަހަރު ސަލާމަތްވެއްޖެއެވެ.