ގައުމަށް ބޭނުންވާ: މުއިއްޒަށް ނެތް! އެމްޑީޕީއަށް އޮތްބާރު!

ދުނިޔެ ހިނގަނީ ބައިނަލްއަގްވާމީ ގުޅުމުގެ ތެރޭން

ގައުމަށް ބޭނުންވާ: މުއިއްޒަށް ނެތް! އެމްޑީޕީއަށް އޮތްބާރު!

ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކަކީ ބޭރު ގައުމުތަކާއެކު ވަރުގަދަ ގުޅުންތަކެއް ނެތުމުން ދިމާވެފައިވާ ކަމެކެވެ. މިއަދުގެ ދުނިޔޭގައި ހިގާ ހަނގުރާމަތަކާއި އެނުންވެސް ގޮތްގޮތަށް ހިނގާ ޔަގީންކަން ނެތް ކަންތައްތަކުގެ އިގްތިސޯދީ އަދި މާލީ ހަގީގަތްތައް ދަނީ ބަދަލުވަމުންނެވެ. ބަދަލުތަކާއި އެއްގޮތަށް އަލުން ކަންކަން ތަރުތީބު ވަމުން ދާއިރު ގައުމުތަކުގެ ފުދުންތެރިކަން ބިނާވެފައިވަނީ އޮންނަނީ ބައިނަލްއަގްވާމީ ގުޅުމުގެ މައްޗަށެވެ. ގައުމުތަކުގެ މާލީ ނިޒާމާއި އިގްތިސޯދު ވެފައި އޮންނަނީ  ބައިނަލްއަގްވާމީ ގުޅުމުގެ ބައެއްގެ ގޮތުގައި ލާމެހިފައެވެ. ދިވެހިރާއްޖެއަށްވެސް އޮތީ ހަމަ އެގޮތެވެ. 

ރާއްޖޭގެ މާލީ ހަރުދަނާކަން ހޯދުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ މި ނިޒާމު ރަނގަޅަށް އެނގޭ ޑިޕްލޮމެޓިކް ލީޑަރުންނެވެ. ބައިނަލްއަގުވާމީ ގުޅުތައް އޮމާން ކަމާއެކު ދަމަހައްޓާން ނޭނގޭ ބަޔަކަށް އިގްތިސޯދާއި މާލީ ހަމަޖެހުން ނަގަހައްޓާކަށް ނޭނގޭނެއެވެ. އެހެނީ މިހާރުގެ ބަވަނަވެތި ދުނިޔެ ހިނގަނީ ބައިނަލްއަގްވާމީ ގުޅުމުގެ ތެރޭންނެވެ.

ރައީސް މުއިއްޒުގައި އެ ހުޝިޔާރުކަމެއް ހުނަރެއް ގާބިލު ކަމެއް ނެތެވެ. އެންމެ ފަހުން މުއިއްޒު ބައިވެރިވެ ވަޑައިގެން އދގެ އާއްމު ޖަލްސާއިން އެކަން ވަރަށް ރަނގަޅަށް ސާފުވެގެން ދިޔައެވެ. އދ ގައި ދުނިޔޭގެ މުހިންމު އެއްވެސް ލީޑަރަކާ ބައްދަލުވެ ވަޑައި ނުގަވެނުކަމީ މުއިއްޒުގެ ކިބައިގައި އެ ގާބިލުކަން ނެތްކަމުގެ ހެއްކެކެވެ. ކަމަކީ ހިތާމަހުރި ކަމެކެވެ. ހަތަރު ފަސް ދުވަހު ނިއުޔޯކުގައި ރައީސް މަޑުކުރެއްވި އިރުވެސް ދުނިޔޭގެ ނަން ހިނގާ ލީޑަރުންނާއި ގައުމު ތަކުގެ އެންމެ އިސްވެރިން ރައީސް މުއިއްޒާ ބައްދަލުކުރެއް ވުމުން އެއްކިބާވެ ވަޑައިގަތްކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.

ހަގީގަތުގައި އދ އަށް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅުން ދިވެހިރާއްޖެއަށް ލިބިފައިވަނީ ނިކަމެތިކަމެވެ. އދ. ގެ ސަލާމަތީ މަޖިލީހުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ބަހުރުވަ ހުރިގޮތުން ގުޅުންތައް ވަނީ ވަރަށް ބޮޑަށް  ބަލިކަށިވެފައިވެއެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް މިއީ ހަގީގަތެވެ. 

ޕީއެންސީއަށް ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަން ނޭނގުނަސް އެމްޑީޕީ އެކަމަށް ނިކަން ފަރިތައެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭން އދ މަޖިލިސްގެ ރައީސްކަން ކުރީ ބައިނަލްއަގުވާމީ ގުޅުމަށް އެމްޑީޕީ ފަރިތަ ވީމައެވެ. ކުރީގެ ފޮރިން މިނިސްޓަރ އަބްދުއްލާ ޝާހިދު ފަދަ ބޭފުޅުން ޑިޕްލޮމަސީއަށް ހަމަ މޮޅީއެވެ.

އޮނަރަބަލް ޝާހިދު އދގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަން ކުރެއްވީ އެ ގޮނޑި ބައްލަވައިގަނެގެން ކަމަށް އޭރުގެ އިދިކޮޅު ޕީޕީއެމުން ކިޔާއުޅުނެވެ. އަޅެ މޮޅިއްޔާ މިހާރު އެކަހަލަ އެންމެ ގޮނޑި އެއްވެސް ޕީއެންސީގެ ވެރިކަމުގައި ކާމިޔާބުކޮށްލަ ބަލާށެވެ. ނުވާނެއެވެ. ނުކުރެވޭނެއެވެ. އެޒާތުގެ ހުތުރު ވާހަކަ ޕީޕީއެމް ފިކުރުގެ މީހުން ދައްކަނީ ހިޔަޅަށް މޭބިސްކަދުރު ނުކެވުނީމާ ހުތްވާ އުސޫލުންނެވެ.  

މިހާރު ނިކަން ދެކެބަލާށެވެ. އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ފާއިތުވި ހަފްތާގައި އެއުޅުއްވީ ނިއު ޔޯކުގައެވެ. މިހާރަކު ޝާހިދަކީ ރާއްޖޭގެ ހާރިޖީ ވަޒީރެއް އދގެ ރައީސެއް ނޫނެވެ. އެކަމަކު އެމަނިކުފާނު އެއުޅުއްވީ ރާއްޖޭގެ ރައީސަށްވުރެ ހައިބަތާއި އިއްޒަތުގައެވެ. އިހުތިރާމާ ލޯބި ލިބިވަދައިގެންނެވެ. ދުނިޔޭގެ އެކިފެންވަރުގެ ލީޑަރުން އެމްޑީޕީގެ ރައީސާ ބައްދަލުވެ ވަޑައި ގަތުމަކީ ޝަރަފެއްކަމުގައާއި އުފަލެއްކަމުގައި ދެކެވަޑައިގަނެއެވެ.

އޮނަރަބަލް ޝާހިދުގެ ނިއުޔޯކް ދަތުރުފުޅުން ދައްކައި ދިނީ ގައުމު އިތުރު އުސްމިނަކަށް ގެންދިއުމުގެ ގާބިލްކަން ލިބިފައިވަނީ އެމްޑީޕީއަށް ކަމެވެ. އެމްޑީޕީގައި ހުރި މުހިންމު ޑިޕްލޮމެޓިކް ބާރަކީ މުއިއްޒަށް ނެތް ގައުމަށް ކޮންމެހެން ބޭނުންވެފައިވާ ބާރެއްކަމެވެ.