މައްސަލައަކީ އަލައްބާރެއްނޫން | މައްސަލައަކީ ފައިސާގެއަޅު މުއިއްޒު
ރާއްޖެއަށް ތަރައްގީ ބޭނުން އެކަމަކު ޔަހޫދީން ބޭނުމެއް ނޫން
ދިވެހީން ތަރައްގީ ބޭނުމެވެ. ރީތި އިމާރާތްތަކާއި އަގުބޮޑެތި ބިންބިން ބޭނުމެވެ. ނަމަވެސް އިތުރު ގާޒާއެއް ދިވެހިރާއްޖޭގައި އުފަންވާން ބޭނުމެއް ނުވެއެވެ.
އަލައްބާރަކީ ވިޔަފާރި ކުރާ މީހެކެވެ. އޭނާއަކަށް ދިވެހިރާއްޖޭގެ ބިމެއް އެހެން ބަޔަކަށް ނުދެވޭނެއެވެ. ދިވެހި ބިން ވިއްކޭނީވެސް ކުއްޔަށް ދެވޭނީވެސް ދިވެހީންނަށެވެ. މިއަދު ދެވޭނީ މިއަދުގެ ސަރުކާރު ހިންގަން ތިބި މީހުންނަށެވެ. ދިވެހި ވެރީންނެވެ. ބަލިކަށި ސިޔާސަތުގެންގުޅޭ ސަރުކާރުތަކުގެ ނާޖާއިޒު ފައިދާ ނެގޭތޯ ފައިސާ ހުރި ބާރުވެރި ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރާނެއެވެ. ހުޝިޔާރުވާން ޖެހޭނީ އެ ގައުމެއްގެ ވެރީންނެވެ.
މިނިސްޓަރ އަބުދުއްލާ މުއްތަލިބުގެ ބަހުންނަމަ “އިސްރާއީލު ޕާސްޕޯޓު މަނާކުރިނަމަވެސް، މި މަނާކުރުން އޮތީ އިސްރާއީލު ޕާސްޕޯޓަށް ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން” ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، “އަންދާޒާކުރެވޭ ގޮތުގައި އިސްރާއީލުގެ ކޮންމެ 10 މީހަކުން އެކަކީ ދެވަނަ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހެއް ކަމަށާއި، ބޯޑަރުން މީހަކު އެތެރެވާއިރު އެމީހެއްގެ އަތުގައި ދެ ގައުމެއްގެ ރައްޔިތުކަން އޮތްތޯ އިމިގްރޭޝަނަށް ކަށަވަރު ނުކުރެވޭތީ، އެމީހުންނަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި އެތެރެވުމުގެ ފުރުސަތު އޮންނާނެ” ކަމަށެވެ. މީނާގެ މި ބަހުން ޔަހޫދީންގެ ވަޒަނަކަށް ރަސްމާލެ ވުމުގެ ފުރުސަތު ބޮޑެވެ. ހަމަ އެފަދައިން އެހެން ގައުމެއްގެ ރައްވެއްސެއްގެ ހައިސިއްޔަތުން ރަސްމާލެއިން ބިމެއް ގަނެ އެތަނެއްގައި ވަޒަންވެރިވެ ދިރިއުޅުމުގެ ފުރުސަތު ނެތްކަމަށް ބުނުމުގެ ހުއްޖަތެއްވެސް ނެތެވެ.
މިނިސްޓަރ އިހުސާނު ގެ ވާހަކަތަކުން ނަމަ “ ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށް މިހާރުވެސް އޮތް އިރު، މިހުރިހާ ރަށެއްގައިވެސް ސިކިއުރިޓީ ބަލަހައްޓްމުން ދަނީ އެބަޔަކު އަމިއްލައަށް. ރަސްމާލެވެސް މިގޮތުން ތަފާތެއްނުވޭ.” އަދި މީނާ ބުނެފައިވަނީ “ނަމަވެސް މިހުރިހާތާކުވެސް ދިވެހި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އައިސްފިނަމަ ފުލުހުން އެކަން ކުރޭ”. މިފަދައިން އަލީ އިހުސާނު ފޭސްބުކުގައި ޕޯސްޓެއް ޖަހާފައިވެއެވެ.
މި ކަމުން ބާރު އަޅަނީ ރަސްމާލޭގައި ޕްރައިވެޓް ސެކިއުރިޓީއެއް އޮތުމަށެވެ. އަދި ރަސްމާލެ ތަރައްގީކޮށް ނިމޭއިރު އެ ސަރަހައްދުގައި މުޅި ދުނިޔެއިން މީހުން އާބާދުވެއްޖެ ނަމަ އެ ޝަހަރުވާނީ ދިވެހިރާއްޖޭގައިވާ އެންމެ އަގުބޮޑު އެއް ބިމަށެވެ. މުއްތަލިބުގެ ބަހުންނަމަ ޔަހޫދީންނަށް ނާދެވޭނެ ކަމަށާއި ބިން މިލްކު ނުކުރެވޭނެކަމަށް ބުނާން ނުކެރުމަކީ ބިރުވެރި ކަމެކެވެ. އަދި ޔަހޫދީންގެ އާބާދީއަކަށްވެސް ހުޅުވާލެވިފައިވާ މަޝްރޫއެއްކަން ގަބޫލު ކުރެވެއެވެ. އެހެން ކަމަށްވާނަމަ ރަސްމާލެ ވާނީ ބައިނަލްއަގުވާމީ ރަށްވެހިން ވަޒަން ވެރިވާނެ ތަނަކަށެވެ. ދުނިޔޭގެ ހުރިހާ ބައްރެއްގައި ތިބި ތަނަވަސްކަން ލިބިފައިވާ މީހުން ދިރިއުޅޭނެ ތަނަކަށެވެ.
އަދުގެ ސަރުކާރުގެ ވެރިޔާ މުއިއްޒު 2024 ވަނައަހަރުގެ ފެބްރުއަރީ މަހު “ވޯލްޑް ގަވަރމަންޓްސް ސަމިޓު” ގައި ވާހަކަ ދައްކަވަމުން ހާމަކޮށްފައިވާ ގޮތުންނަމަ ރަސްމާލޭގައި 65،000 ހައުސިންގ ޔުނިޓު ގާއިމު ކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އެއީ 1152 ހެކަޓަރުގެ ބިން މިންގަނޑަކަށް ބަލައިގެންނެވެ. އެހެން ކަމުން ގާތްގަނޑަކަށް މުޅި ބިމުގެ ދެބައިކޮޅު އެއްބައި 550 ހެކްޓަރުގައި 32،000 ހައުސިންގ ޔުނިޓު ގާއިމު ކުރެވޭނެއެވެ. ކޮންމެ ޔުނިޓެއްގައި 4 މީހުންގެ ނިސްބަތުން ކަމަށް ބަލާލި ނަމަވެސް 128،000 ބިދޭސީ މަހުޖަނުން ޔަހޫދީންވެސް ހިމެނޭ ގޮތަށް ފުރަތަމަ މަރުހަލައިގައިވެސް އާބާދު ކުރެވޭނެއެވެ. އަދި މުޅި މަޝްރޫއު ނިމޭ އިރު 256،000 ބިދޭސީން އެސަރަހައްދުގައި ދިރިއުޅޭނެ ކަމަށް ބެލެވެއެވެ. މުއީޒުގެ ވެރިކަމުގެ ކުރީކޮޅު ޕްރިންސްޓަން ޔުނިވަރސިޓީގައި ދިން އިންޓަވިއުއެއްގައި “Jews or Christians, Muslims everyone is welcome to the Maldives” ( ޔަހޫދީންނުވަތަ ކްރިސްޓިއަނުން، މުސްލިމުންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔަން) ބުނެފައިވެއެވެ.
16 އޮކްޓޫބަރ 2026 ވީ ހުކުރު ދުވަހުގެ ފަހު ހުތުބާގެ ފަހު ކޮޅުގައި “މި ލޮބުވެތި ވަތަނުގައި ފިތުނަވެރިކަމާއި ފަސާދަ އުފައްދަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރައްވާނދޭވެ!” މި ފަދައިން ބުނެފައިވެއެވެ. ފަސާދަ ކުރުމަކީ ކޮބާ ތޯއެވެ. ޔަހޫދީންނަށް ނޫނެކޭ ބުނުމަކީ ފަސާދަ ކަމަށް ވާނަމަ މިނިސްޓަރ ޝަހީމް އަށް ޝުކުރިއްޔާ ނޫން ބަހެއް ނެތެވެ. އަދި ދަންނަވާލަން ޖެހެނީ ދިވެހީންގެ އާބާދީއަށް ވުރެ ގާތްގަނޑަކަށް އިތުރު އާބާދީއެއް ރަސްމާލޭގައި ވަޒަންވެރި ކުރުވުމާއި ދިވެހީން ދެކޮޅު ހަދާނެއެވެ. އެއީ ޔަހޫދީންގެ ނުބައިކަން މުޅި ދުނިޔެއަށް ފެންނަން އޮތީމައެވެ. ހުތުބާގައި ފަލަސްތީނުގެ ރައްޔިތުންނަށް ދުއާ ކޮށް ދިނީ ދެއްކުންތެރި ކަމަކަށް ތޯއެވެ. ދިވެހީންނަށް ފަލަސްތީނާއި ޔަހޫދީންނާއި ވަކި ކުރާން އެގެއެވެ. ދިވެހި ބަހުގައި ޔަހޫދީ ވިސްނުން ބުނަނީ ނުބައި ކަމުން ހައްދު ފަހަނައެޅީމައެވެ. ޝަހީމުގެ ސާހިބާ އާއި އެކުވެރި ވަޒީރުންނަކީ ހަޔޫދީންނަކީ ތޯއެވެ.
ދިވެހިރައްޔިތުންނޭވެ. ދިވެހިރާއްޖޭގެ ތަރައްގީއަށް ދިވެހީން ލޯބި ކުރެއެވެ. ނަމަވެސް އެކަމުގެ އަގަކީ މާދަމާ ޔަހޫދީން ދިވެހިރާއްޖޭގައި އާބާދު ކުރުން ކަމަށް ވާނަމަ އެކަމަށް ދިވެހީން ދެކޮޅު ހަދާނެއެވެ. މާދަމާވެސް ހަމަ ވާނީ ދެކޮޅެވެ. ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ހިސާބުގަނޑުން ޔަހޫދީން ނާއި ގުޅުން އޮތް މީހަކަށް ހިލޭ ބޮޑު ބިމެއް ދޫކޮށް އެތަނުގައި 250،000 ބިދޭސީން ޔާހޫދީ ހިމެނޭހެން އާބާދު ކުރުމާއި ދިވެހީން ދެކޮޅެވެ.
ޔަހޫދީންގެ ވާހަކަ މިއަދު ހިންދުވާލަން އެކި ކަހަލަ އުކުޅުތައް ބޭނުން ކުރެއެވެ. ހަގީގަތަށް ފަސް އެޅިޔަ ނުދޭށެވެ. ރަސްމާލެ އަކީ އެހެނިހެން ސިނާޔަތް ތަކެކޭ އެއްފަދައިން އެބަޔަކު އަމިއްލަ ސެކިއުރިޓީ ބަލަހައްޓާ ތަނެއް ނަމަ އެފަދަ އަގުބޮޑު ތަނަވަސް ކެޓަގަރީގެ އަދި ދުނިޔޭގެ ހައި ޕްރޮފައިލްގެ މީހުންގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ހަތިޔާރުގައެވެ. އެ ހިނދުން ދިވެހި ސިފައިންނާއި ފުލުހުންގެ ބާރުވެސް ކެނޑުނީއެވެ. ކުރެވޭނެ ކަމެއް ނޯންނާނެއެވެ.
ހާމަކަން ބޮޑު ގޮތެއްގައި އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އައިސް ބިންގަންނަ ފަރާތަކާއި މެދު ކުރެވޭނެ ކަމެއް ނެތްކަމަށް ބުނުމަށްވުރެ ބޮޑު ފަސާދައަކީ ކޮބާ ތޯއެވެ. މި ގައުމުގެ ރައްޔިތުން ހާލުގައި ދިރިއުޅެން އޯކޭ ވިޔަސް ޔަހޫދީންގެ ބާރު ހިނގާ ސަރަހައްދެއް ފައިސާ ކޮޅަކަށް ރާއްޖޭގައި އޮންނާކަށް ނޭދޭނެއެވެ. މައްސަލަ އަކީ އަލައްބާރެއް ނޫނެވެ. މައްސަލައަކީ ދިވެހި ސަރުކާރެވެ. ސަރުކާރުގައި ތިބި އަމިއްލަ އެދުމުން ފޯވެފައިވާ ވެރީންނެވެ.




