ނައިފަރު ޝިޔާމަށް: ހަޔާތެއް ހޭދަކޮށް ތިޔަ ނިންމަނީ ވަގަކާއެކު

ކަންބޮޑު ވުމަކީ ގޮތްނޭގޭ މަރުތަކެއްގެ ފަހަތުން ޔާމީނުގެ ހިޔަނި ފެންނާތީ!

ނައިފަރު ޝިޔާމަށް: ހަޔާތެއް ހޭދަކޮށް ތިޔަ ނިންމަނީ ވަގަކާއެކު

މާތްކަލާކޯ ޝިޔާމޫއެވެ. 5 އަހަރުގެ ހަޔާތެއް ހޭދަކޮށް ތިޔަ ނިންމާލަނީ ވަގެއްގެ ހިމާޔަތުގައެވެ. ނުބައިނުލަފާ ކަމާއި ޖައްބާރު ކަމުން ފައްސާ ނަގަލާފައި ހުރި މުޖުރިމެއްގެ ހިޔަނީގައެވެ. އަނިޔާވެރި ކަމާއި އެތައް ބައެއްގެ ލެއިން ކަޅިވެފައިވާ އަތެއްގެ މުށު ތެރޭގައެވެ. ކޮރަޕްޝަނާ ފަސާދައިން ތަތްތެޅިފައިވާ ބަހީލެއްގެ ދޮލަނގުގައެވެ. ތާށިވެ ނުނެއްޓެވިފައި ތިޔަ ހުރީ ވަގުހަން ލައިގެން އޮތް ސާރިދޯޅެއްގެ ވަކިތަކުގައެވެ.

ދިވެހި ރައްޔިތުންގެ ޝަކުވާ އަކީ ކޮބައިކަން ޝީޔާމަށް އެބަ އެނގޭ ހެއްޔެވެ. ރައްޔިތުން ޝަކުވާ ކުރަނީ ޔާމީނު ދައުލަތް ދަވާލައިގެން ފުޅިއްސާލިހާ ފައިސާ އަނބުރާ ނުދީގެންނެވެ. ރައްޔިތުން ޝަކުވާ ކުރަނީ ކޯޓުތަކުގައި ޔާމީނުގެ މައްސަލަތައް ހިނގަހިނގާ ހުއްޓާ އިދިކޮޅު ކެންޑިޑޭޓަށް ވެގަނެގެން ކުރިހާ ކުށުން ބޯދަމައިގަންނަން ސިޔާސީ ޗަރުކޭސް ކުޅޭތީއެވެ. ރައްޔިތުންގެ ޝަކުވާއަކީ ކަނު މީހާއަށް ވެސް ފެންނަ ވަރަށް ދައުލަތް ދަވާލައިގެން ހުރެ ކޯޓުތަކުގައި ހެއްދެވިހާ ބޮޑެތި ދޮގު ހަދާތީއެވެ. ރައްޔިތުންގެ ޝަކުވާއަކީ ދައުލަތުގައި ހުރިއްޔާ ހުރި ހަރު މުދަލެއް ވިއްކާލާ ކައި ފުރާލައިގެން ހުރެ ފަހުން އަންނަ ބަޔަކަށް ދައުލަތް ނުހިންގޭ ވަރަށް މުޅި ދައުލަތުގެ ވާގި ނައްތާލާފައި ވާތީއެވެ.

ރައްޔިތުންގެ ކަންބޮޑު ވުމަކީ ގޮތްނޭގޭ މަރުތަކެއްގެ އަނދިރި ފަރާތުން ޔާމީނުގެ ހިޔަނި ފެންނާތީއެވެ. ރައްޔިތުން ހައިރާންވަނީ ރައީސްކަމުގައި އިތުބާރުކޮށް އެކުގައި މަސައްކަތްކުރި އެތައް ބަޔަކު ޗާޓުން ބޭރުކޮށްލީތީއެވެ. ދެ ނައިބު ރައީސުންނާއި ދިފާއީ ވަޒީރު އޮޅުއަޅާ ޒަމާން ދުއްވާލީތީއެވެ.

ރައްޔިތުން ރުޅި އަރަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެޓަވަރުން ޓަވަރެއް ފެންފޮދަކާ ނުލާ ދިރުވާލީތީއެވެ. ބުރިޖުން ދެލޭނު އަމިއްލަ ފައިކޭޓައް މަހާލީތީއެވެ. ބެގް، ބޮރޯ، ސްޓީލްގައި މުޅި ހަޔާތް ވޭތުކޮށްލާތީއެވެ. 

ރަންކޮޅާ ޝިޔާމޫއެވެ. ނަސީބު ރަނގަޅުކަމުން ތިޔަހެން އަޑުލާން ތިޔަ ތާކަން ފައިނު މާވަޑި އާދަނާއި ތިޔަ ކަހަލަ ދެތިން ކެނައިނަށް ވަދެ ވުނަކަސް ގިނަ ރައްޔިތުން ކަލޯމެންގެ މަތީން ފޫހިވީ ވަރުން ބަޅުރުކު ގިނަ ސޮހޮލުން ތިޔަ ތާކަށް ވަނަކަ ނުދިން ނުން ހެއްޔެވެ. ފޭލިވީ އަތޮޅު މީހާއެއް ނޫނެވެ. ފޭލިވީ ޔާމީނާ ބަޅުރުކު ކުދިންނެވެ.