މެންބަރުން ނަސީދަށް : މުގާބޭއަށް އިތުބާރެއް ނެތް

54 ހަތަރު މެންބަރުންގެ ސޮއާއިއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

މެންބަރުން ނަސީދަށް : މުގާބޭއަށް އިތުބާރެއް ނެތް

އައު ގާނޫން އަސާސީއެއް ހަދައިގެން މަޖިލީހަށް މިނިވަންކަން ހޯދިތާ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ވަނީއެވެ. އެމުއްދަތުގައި އެތައް ޖަލްސާއެއް ބާއްވާފައިވެއެވެ. 6 ޖޫން 2023 ވަނަ ހޯމަ ދުވަހު ބޭއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެކެވެ. ހުދު މުހުތާރުކަން އިންތިހާ ދަރަޖައަށް ފެނިގެން ދިޔަ ޖަލްސާއެކެވެ. މީހަކު މޮޔަވެ ހޭބުއްދި ފިލާފައި އިން ޖަލްސާއެކެވެ. އިދި ކޮޅު މެންބަރުން އޭޖީއަށާއި ސަރުކާރުގެ މެންބަރުންނަށް އަތް އުއްކަވާ އަޑުފުޅު ގަދަ ކުރައްވަމުން ގެންދެވިއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވީ ހިނިފުޅުވަޑުވާލަ ވަޑުވާލައެވެ. އެ މެންބަރުންނާ ހެދި މަޖިލީހުގެ ނިޒާމް ގެއްލިފައިވާއިރު ވެސް ރިޔާސަތުން އެކަމަކަށް މާބޮޑު ފަރުވާލެއް ނެތެވެ. 

ސިފަވީ މަސްހޫރު މުގާބޭގެ ވެރިކަމުގެ ވާހަކައެވެ. މީހުންގެ ކުރިމަތީ ހަޔާތް ކުޑަކޮށް ނަޝީދު އުޅުއްވާތަން މީގެކުރިން ވެސް ފެނެއެވެ. އެހެން ނަމަވެސް މިވަރުގެ ކަމެއް އަދި ނުފެނެއެވެ. މަޖިލީހުގެ ރައީސް ޔޯލައެވެ. ރާއްޖޭގެ ކުރީގެ ރައީސް ވެސް މެޔޯލައެވެ. މިވަރުގެ ބޭފުޅަކު މިހާ ގޮތެއް ނެތުނީ ކީއްވެބާއެވެ. ކޮކަޑިކޭމީދާ ގަދަވީމާ އުޅޭފާޑަށް މި ރައީސްމީހާ އުޅުއްވަނީ ކީއްވެބާއެވެ. މައްސަލަ ހުށަހެޅުއްވި އަދި މަޖިލީހުގެ ރިޔާސަތު ވެސް ތާއީދު ކުރައްވައިގެން ހުންނެވި އިދިކޮޅު މެންބަރުންނާ އެ ނޫން މެންބަރުންނާ މެދު ރިޔާސަތުން ވަރަށް ހުޝިޔާރެވެ. ގޮނޑިކޮޅުގައި އިންނަވައިގެން ބާރަށް ބަސްފުޅުވިދާޅުވެއެވެ. ދެންމެ ދެންމެ ނަން އިއްވަން ޖެހިވަޑައިގެންފާނެ ކަމުގެ އިންޒާރު އެ މެންބަރުންނަށް ދެއްވައެވެ. އެހެން ނަމަވެސް އެވީ ހުސް ވާހަކަފުޅު ތަކަކަށެވެ. މަޖިލީހުގެ ނިޒާމް އޮތީ އެކޚި އެކައްޗަކަށް ގެއްލިފައެވެ. ސީދާ ރިޔާސަތުން ކަންކުރެއްވި ގޮތުންނެވެ.

މަޖިލީސް ހިނގާ ގޮތާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، އެ ޕާޓީން ބޭއްވި ޕީޖީ ބައްދަލުވުމެއްގައި ވަނީ ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ނިންމާފައެވެ. އެހެންވެ، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފެށިއެވެ.

ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުން ވޯޓް ދެއްވީ ނަޝީދުގެ އިތުބާރު ނެތް ކަމަށެވެ. މަޖިލީހުގައި ނަޝީދާ ނުލައި އެމްޑީޕީގެ 55 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސް ކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ. އެހެންވެ، އެމްޑީޕީން ބޭނުން ވެއްޖެ ނަމަ، ނަޝީދު އެ މަގާމުން ވަކި ކުރެވޭނެއެވެ. 54 ހަތަރު މެންބަރުންގެ ސޮއާއިއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއޮތީ މަޖިލީހަށް ވައްދާފައެވެ. ނަސީދުގެ އަޑިނުބައި ރޭވުން އަދި ކުރިއައް އޮތީއެވެ. ވެރިކަމާހުރެ މީހަކު ބުލިޗްބޯ ހަމަށް ގޮސް ހަމަ ބުއްދިފިލާ ރޭރެއް ރޭރުވެގެން އުޅޭފާޑަށް އުޅޭތަން އަދި ފެންނާނެއެވެ.