އެމްއެމްއޭ ގަވަރުނަރުކަމަށް މުނައްވަރު ކުފޫހަމައެއް ނޫން: ޖަމީލު

ކުރީގެ ނައިބުރައީސް ޑރ. ޖަމީލު ވިދާޅުވާ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ކަމުގައިހުރި މުނައްވަރު ގަވަރުނަރަކަށް ކުފޫހަމައެއް ނޫނެވެ. އެމްއޭގެ ދައުރާއި، ދާއިރާ ގަވަރުނަރު މުނައްވަރަށް އެނގިވަޑައި ނުގަންނަވާކަމަށް ޑރ. ޖަމީލުވިދާޅުވެއެވެ.
މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރަު ކަމަކީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށައިގެން އަދާކުރެވޭ މަސްއޫލިއްޔަތެއް ނޫންކަމަށް ވިދާޅުވަމުން މުނައްވަރަށް ނިސްބަތް ކުރައްވާ ޑރ. ޖަމީލު އެއްސެވީ މިހާރު އެމްއެމްއޭ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޕްރައިވެޓް ލިމިޓެޑްތޯއެވެ. އެމްއެމްއޭއަކީ ފިނޭންސް މިނިސްޓްރީގެ ގޮތްޕެއްތޯ ވެސް މުނައްވަރުކުރެން ޖަމީލު އެބައައްސަވައެވެ.
ޑރ. ޖަމީލު އެދައްކަވަނީ ވަރަށް ސީރިއަސް ވާހަކަފުޅެކެވެ. ސަރުކާރުގެ ބަޖެޓް މިނަށްވުރެ ބޮޑުވާ ވާހަކައާއި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަވާ ވާހަކަ ފަދަ ކަންތަކުގައި ސަރުކާރަށް މަޝްވަރާ ދެއްވޭތޯ ގަވަރުނަރު މުނައްވަރާ ކުރައްވާ ސުވާލަކީ ފަހަރެއްގައިވެސް ޑރ. ޖަމީލު އަމިއްލަފުޅު ބޭނުންފުޅެއްގައި ކުރައްވާ ސުވާލެއް ނޫނެވެ. ދިވެހި ރައްޔިތުން ގަވަރުނަރާ ކުރަން ބޭނުންވާ ސުވާލެކެވެ.
ފައިސާ ޗާޕްކޮށްގެން ޙައްލު ހޯދާނަމަ، ޓެކްސް ބޮޑުކުރީ ކީއްވެތޯ ވެސް ގަވަރުނަރުކުރެން ރައްޔިތުން އަހަން ބޭނުންވެއެވެ. ޑރ. ޖަމީލު ވިދާޅުވާހެން ފައިސާ ޗާޕުކޮށްގެން ހައްލު ހޯދެންޏާ ފައިސާ ޗާޕުކޮށްލަ ކޮށްލަ ތިބީމަ ވީނޫންތޯއެވެ.
ޑރ. ޖަމީލު ވިދާޅުވަނީ ގައުމު ބަނގުރޫޓްވެ ލަންކާ ދަތުރުކުރި މަގަށް ރާއްޖޭން މަގުހިފާފައި ހުރިކަމަށެވެ. ތެދުފުޅެކެވެ. މިފަދަ ނާޒުކު ވަގުތެއްގައި ގަވަރނަރަކަށް ސީރިއަސް ބޭފުޅަކު ބޭނުންވެއެވެ. ގަވަރުނަރު މުނައްވަރު ސަރުކާރު ބޭނުން ކޮންމެ ގައިރު ގާނޫނީ ކަމެއް އެބަކުރެއޭ ޑރ. ޖަމީލު އެވިދާޅުވާ ވިދާޅުވުމަކީ ދޮގެއް ނޫނެވެ.
މުނައްވަރު ކުރިން މާލީ ވަޒީރުކަންކުރީ ރައީސް ޔާމީނުގެ އިރުޝާދު ލިބިގެން ކަމުން އޭރު ރާއްޖޭގެ މާލީ ކަންކަން ރަގަޅަށް ދިޔަސް މިހާރު މުނައްވަރަށް ލަފާ ދޭންހުރި މުއިއްޒަކީ އެ މީހާ ނޫންކަމަށްވެސް ޑރ. ޖަމީލު ވިދާޅުވެއެވެ. ރައީސް މުއިއްޒަށް އިގްތިސާދީ ކަންތަކުގައިވެސް ވާނުވާ ނޭނގޭ ކަމަށާއި ގައުމު ސަލާމަތް ކުރަން ގަވަރުމުނައްވަރު މުނައްވަރު އެމްއެމްއޭ އާއި ދުރައްދާންޖެހޭ ކަމަށް ޑރ. ޖަމީލު ވިދާޅުވެއެވެ. ޑރ.ޖަމީލު ވިދާޅުވަނީ ސަރުކާރު މިހާރު ނަޙަލާލު ވެއްޖެކަމަށާއި އިސްތިއުފާދެއްވާފައި މުނައްވަރު ގެއަށް ވަޑައިގަތުމަށެވެ.