އަލީ ހުސައިން ހުށަހެޅި ދުސްތޫރީ މައްސަލަވީ ޓައިމްބޮމަކަށް!

އަލީ ހުސައިން ހުށަހެޅި ދުސްތޫރީ މައްސަލަވީ ޓައިމްބޮމަކަށް!

އުސްތާޒް އަލީ ހުސައިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުންވީ ރައީސް މުއިއްޒަށާއި އޭޖީ އުޝާމަށް ޓައިމް ބޮމަކަށެވެ. ސްޕްރީމް ކޯޓުގެ ބެންޗް ރޫޅި ކޯޓު ހުއްޓި ވާގިނެތެން ދިމާވި ޓައިމް ބޮމަކަށް އެކަން ވީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުން ހުއްޓުވުމަށް ސްޕްރީމް ކޯޓަށް މައްސަލައެއް ވަނުމަކީ މުއިއްޒުގެ ބޮލުރޮދި ކަނޑައިގެން ދިޔަކަމެކެވެ. އަނެއްކޮޅުން އެ މައްސަލަ ބޭރުކޮށް ނުލެވުނިއްޔާ އޭޖީ އުޝާމަށް ޖެހެންއޮތް ހާލު ވަކިން ކުޑައެއް ނޫނެވެ. ރައީސް މުއިއްޒު ކައިރީގައި އުޝާމުގެ ދުވަސް ދާނެއެވެ.

އަލީ ހުސައިން އެކުރި ކަމަކުން މުއިއްޒު ރަނގަޅަށް ދުނިޔެ ރަންވެ ގޮތް ހުސްވިއެވެ. ހެދުނު އެއްޗެއް ހަދައިގެން ގޮނޑިގެއްލުން ހުއްޓުވާ ދުސްތޫރީ  މައްސަލަ މުއިއްޒު ބޭނުންވާ ގޮތަށް އަނބުރާލަން ހީލަތްތެރި ގޮތްތައް ހޯދަން އޭޖީ އުޝާމާ ހަވާލުކުރިއެވެ. ވިދާޅުވާ ގޮތަކަށް ގާނޫނީލަފާދޭން ރައީސް އޮފީހުގައި ތިބޭ ބައިގަޑާ ގުޅިގެން އުޝާމް އިޖުރާއީ އިއުތިރާޒް ނަގާ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކުރުމުގެ ރޭވުންތައް އުޝާމް ރާވާ ހިންގާލިއެވެ. 

ސުޕްރީމް ކޯޓަށް އޭޖީން ހުށަހެޅި އިޖުރާއީ ނުކުތާއަށް ބިނާކޮށް މައްސަލަ ބޭރުކުރުމަށް ނުކުރާ ކަމެއް ނެތެވެ. އެޖެންޓުން ފޮނުވައިގެންނާއި އުޝަމް އަމިއްލައަށް ފަނޑިޔާރުނަށް ގުޅައިގެން ވެސް ފަނޑިޔާރުންގެ ބޯކާން ވަރަށް މަސައްކަތް ކުރިއެވެ. ނުފޫޒު ފޯރުވަން ކުރި އެތައް ކަމަކަށްފަހު އިޖުރާއީ ނުކުތާއާ ގުޅުވައިގެން ސުޕްރީމް ކޯޓުން އެ މައްސަލަ ނުބަލައި ބޭރުކޮށްލާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުއަށް އުޝާމް ދިނެވެ. މުއިއްޒާއި މުޅި ސަރުކާރު ގަބޫލުކޮށްގެން ތިބީ ސުޕްރީމް ކޯޓުން މައްސަލަ ނުބަލައި ބޭރުކޮށްލާނެ ކަމަށެވެ.

މައްސަލައިގެ އަޑުއެހުންތައް 17 ފެބްރުއަރީ އާއި 18 ފެބްރުއަރީ 2025 އަށް ތާވަލުކޮށް ކުރިއަށް ގެންދިޔައެވެ. އޭޖީގެ ފަރާތުން ކޯޓްގައި ކުރިއަށް ނެރެފައި އިނީ ނަޒާހަތްތެރިކަމެއް ހުންނަ ކަމަށް ގިނަބަޔަކު ގަބޫލުކުރި ވަކީލު ފާތުމަތު ހަލީމެވެ. ގާނޫނީ ހަމަޔާއި ހަމަ ބުއްދިޢާ ދެކޮޅަށް ވާކާލާތު ކުރަން ހަދައިގެން އެފަކީރުވެސް ވީ ބަރަހަނާއެވެ.   

އަޑުއެހުމުގައި މައްސަލަ ބޭރުކޮށްލާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ރައީސް މުއިއްޒުއަށް ދީގެން އުޝާމު ހުރީ ވަރަށް އުފަލުންނެވެ. އެހެން ތިއްބާ މައްސަލަ ބޭރުނުވެ ސްޕްރީމް ކޯޓުން މައްސަލަ ބަލަން ނިންމުން ހީވީ މުއިއްޒާ އުޝާމުގެ ބޮލަށް ބެރިއެއް ވެއްޓުނުހެންނެވެ. މުއިއްޒު ބޭނުންވީ ގޮތަށް މައްސަލަ އަނބުރާ ނުލެވުމުން ހުޝާމް ހޫނުފެނަށް ވެއްޓި ފިހިމާލީއެވެ. އުޝަމް ގޮތްހުސްވެގެން މުއިއްޒަށް ވިސްނާދިނީ ފަނޑިޔާރުން ދޯކާ ދިންކަމަށެވެ. 

އުޝަމް ދެއްކި ހުއްޖަތް ގަބޫލުކޮށް ފަނޑިޔާރުން ދޯކާ ދިނީ ކަމަށް ބަލާ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ރޭވުންތައް ފަށައިގަތެވެ. އެ ހިސާބުން ފަނޑިޔާރުން ވަކިކުރުމަށް ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލަތަކެއް ހޯދައި ހެކި އުފެއްދުމުގެ މަސައްކަތް އުޝާމް އާއި ހޯމް މިނިސްޓަރު އިހުސާނުއާ ހަވާލުކުރިއެވެ. ސުޕްރީމް ކޯޓުގެ އަދަދު މަދުކުރުމަށް ގާނޫނެއް ފާސްކޮށް ސަރުކާރަށް ބައިއަތު ނުހިފާ ފަނޑިޔާރުން ވަކިކުރުމަށް މުއިއްޒު ނިންމިއެވެ.