އިގްތިސާދު ފުނޑުނަސް މުއިއްޒު ރުއްސެނިކޮށް އެމްއެމްއޭއަށް ވަރިހަމަ

އާނއެކެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފައިސާ ޗާޕްކުރިއެވެ. އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕްކުރުވައިގެން ޗާޕްކުރި ފައިސާގެ 20 އިން ސައްތަ އެޑްވާންސްގެ ގޮތުގައި ފަހުން އަނބުރާ ދައްކާ ގޮތަށް ދައުލަތުގެ ބޭނުމަށް ނެރުނެވެ.
އެމްޑީޕީ ސަރުކާރުން އެ ފިޔަވަޅުއެޅީ ދުނިޔޭގެ އިގްތިސާދު ހުއްޓި ދައުލަތަށް އާމްދަނީ ލިބުން ހުއްޓި އާލަމީ ވަބާއެއްގައި މުޅި ދުނިޔެއާއި ރާއްޖެ އޮތް ހާލަތެއްގައެވެ. ކޮވިޑް19ގެ ހާލަތަކީ އިގްތިސާދީގޮތުން އެކަން ނުކޮށް ވާންނެތް ހާލަތެކެވެ. ކުރީ ސަރުކާރުން ފައިސާ ޗާޕްކުރުވި ހާލަތަކީ ދިވެހިރާއްޖޭގެ ގާނޫނުގައި ސާފުކޮށް އެކަމަށް ހުއްދަ ދީފައިވާ ހާލަތެކެވެ.
އޭރު ފައިސާ ޗާޕްކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. ވަކި މުއްދަތެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮސެސް ކުރިއަށް ގެންދިޔައީ ބޭނުންވާ މިންވަރަށް އަސާސީ ބޭނުންތައް ފުއްދުމަށެވެ. މުވައްޒަފުންނާއި އުފެއްދުންތެރިންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ އާމްދަނީ ހުއްޓި އާއްމު ހާލަތު ދަށްވެގެން ދިޔަ ނުދިނުމަށެވެ. ވިޔަފާރިތައް ބަނގުރޫޓް ވިޔަނުދީ ވިޔަފާރިތަށް ހިންގުމަށް ލުއިލޯނު ދިނުން ފަދަ ކަންކަމަށެވެ.
ރައީސް މުއިއްޒުގެ ޕީއެންސީ ސަރުކާރުން ފައިސާ ޗާޕުކުރަން މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ގާނޫނުގައި ފައިސާ ޗާޕުކުރުމަށް ހުއްދަ ދޭ އެއްވެސް ހާލަތެއް ނެތް ވަގުތެއްގައެވެ. އެހެންކަމުން މި ފަހަރުގެ ފައިސާ ޗާޕް ކުރުމަކީ ހާލަތެއް ނެތީސް އެމްއެމްއޭއަށް މަޖުބޫރު ކުރުވައިގެން ސަރުކާރުން ކުރާންއުޅޭ ކަމެއްކަމަށް ބެލެވެއެވެ. ސަރުކާރަށް ބޭނުންވާ ފައިސާ ހޯދޭނެ މަގުތައް ބަންދުވެ ޕްރެޝަރ ބޮޑުވެ ހަރަދުތައް ހަމަޖެއްސޭނެ އެހެން ގޮތެއް ނެތިގެން ކުރާ ކަމަކަށް ނޫނީ މިފަހަރު ފައިސާ ޗާޕްކުރުން ނުވާނެ ކަން ކަށަވަރެވެ.
މުއިއްޒުގެ ލާހޫރޭ ފިސްކަލް ޕޮލިސީގެ ދޯހަޅިކަމުން ފުރަތަމަ ކުރި ކަމަކީ ނުސީދާ ފައިސާ ޗާޕްކުރުމެއްގެ ގޮތުގައި އެމްއެމްއޭއިން ކުއްލިއަކަށް ރިއަލް އެސްޓޭޓަށް ވަނުމެވެ. އެ ފަހަރު އެމްއެމްއޭއިަށް ގަތީ 15 ބިލިއަން ރުފިޔާގެ ބިމެވެ. %100 ސަރުކާރުން ހިއްސާ ކުރާ އެޗްޑީސީން އެމްއެމްއޭއަށް 15 ބިލިޔަން ރުފިޔާގެ ބިންގަތުމުން ޗާޕްކުރި 15 ބިލިޔަން ރުފިޔާ ސަރުކާރަށް ލިބުނީއެވެ.
ދެވަނަ ފަހަރު މިހާރު ހިނގަމުންދާ ކަމަކީ އެމްއެމްއޭ ކުއްލިއަކަށް އިންވެސްޓަރަކަށް ވީއެވެ. ޕެންޝަން ފަންޑުގައި 2.5 ބިލިއަން ރުފިޔާ އިންވެސްޓް ކުރަނީއެވެ. ޕެންޝަން ފަންޑުން ޓީ-ބިލްސްގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ސަރުކާރަށް ދިނުމުން ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.4 ބިލިޔަން ރުފިޔާ ލިބުނީއެވެ. އިގްތިސާދަށް ކޮންމެހެނެއް ވިޔަސް އެމްއެމްއޭއަށް ވަރިހަމައެވެ.
މުއިއްޒުގެ ފިއްތުންތަކާ ހެދި އެމްއެމްއޭ މިހާރު އެވަނީ ވަރަށް ހަޑިހުތުރުކޮށް، އެތަނުގެ އަމިއްލަ ޗާޓަރާއި ހިންގުމުގެ ގާނޫނުތަކާ ހިލާފުވެފައެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީ މުއިއްޒުގެ އަޅުންގެ ގޮތުގައި ތިބީތީ އެއްވެސް ވަރަކަށް ޖަވާބުދާރީ ކުރުވުމެއް ނުއޮންނާނެއެވެ. ޖަވާބުދާރީ ކުރުވޭނެ ފަރާތެއް ވެސް ނުހުންނާނެއެވެ. ވާނީވެސް އެހެންތާއެވެ. ޗާޕުކުރެވުނު ފައިސާގެ މަންފާ ލިބޭ ފަރާތަކީ މުއިއްޒެވެ.