ހަނިމާދޫ އެއަރޕޯޓާ ތަރައްގީ ކުރަން އޯކޭނުވި މުއިއްޒަށް ސާބަސް
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ އަސްކަރީ ބޭނުމަށް ކަމަށް ގޮވި ބައިގަނޑުގެ ލަދެއް ހަޔާތެއް ނެތްކަމާމެދަކު ހައިރާނެއް ނުވެއެވެ. މިހާރު ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ އިންޑިއާގެ އަސްކަރީ ބޭހަކަށް މުއިއްޒަކަށް ނުވިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ މުޅި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ދޮރާއްޓަށް މުއިއްޒަށް މިހާރު ވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހަނިމާދޫ އެއާޕޯޓާއި ގުޅުވައިގެން މުއިއްޒު ނުދައްކާ ބިރެއް ނެތެވެ. ހަނިމާދޫން އިންޑިއާއަށް 15 ހެކްޓަރުގެ ބިން ދޭން އެމްޑީޕީ ސަރުކާރުން ނިންމާފައިވާ ކަމަށް މުއިއްޒު ބުންޏެވެ. ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގައި އައިސް ތިބީ ވެސް އިންޑިއާ ސިފައިން ކަމަށް ބުންޏެވެ.
އެ ގޮތުން މުއިއްޒު ދެއްކި އެއްވާހަކަ ހަނދާނަށް ގެނެސް ބަލާށެވެ. "މިތަނުގައި ބޭސްވެ، މިތަނުގައި ހިނގާ މަޝްރޫޢުތަކަށް ކުލަ ހެދުމުގައިސިފައިން އައިސް ތިބ،ެ މިއީ މިކަން ވެގެންވާނެގޮތެއް ނޫން. ބްރިޖު އަޅާށޭ ކިޔާފައިވެސް ކުލަ ހެދުމުގައި ސިފައިން. ހަމައެކަނި ބަޑި ހިފަހައްޓައިގެން ތިބީމައެއް ނޫން ސިފައިން ސިފައިންނަށް ވަނީއެއް ބަޑިވެސް ނެތްކަމެއް ނޭނގޭ،"ކަމަށް ލ. ގަމު ރައްޔިތުންނާ ބައްދަލުކޮށް މުއިއްޒު ބުންޏެވެ.
ހަނިމާދޫ އެއަރޕޯޓްގެ މަސައްކަތާއި ވިލިމާލެ ބުރިޖް އެޅުމުގެ މަސައްކަތުގައި އުޅެނީ އިންޑިއާ ސިފައިން ކަމަށް ބުނި މުއިއްޒު އެއަރޕޯޓް ހުޅުވަން ކިތަންމެ ފުޅާ ރެބަނެއް ކެނޑިޔަސް ރައްޔިތުންނަށް ކަންކަމެއް ނޯޅެއެވެ. ރާއްޖޭގެ މިނިވަންކަން ކޮމްޕަރަމައިޒް ވެފައިވާކަމަށް ބުނެ ދެއްކިހާ ވާހަކަތައް މުއިއްޒުގެ އަނގަޔަށް ވަދެ ނިމިއްޖެއެވެ. މުއިއްޒަކީ ހަމަ ރަނގަޅު "އަނގަ ފދކަށް" ވެއްޖެއެވެ.
މުއިއްޒު ވެރިކަމަށް އެރިއިރު ހަނިމާދޫ އެއަރޕޯޓްގައި ކުރެވިފައިވާ އެއްވެސް މަސައްކަތެއް ނެތޭ ނުބުނެ 30 ޕަސެންޓް މަސައްކަތް ކޮށްފައި ވާކަމަށް ބުނީތީ ހައިރާންވެއެވެ. ހަނިމާދޫ އެއަރޕޯޓްގެ ހުރިހާ ކަމެއް ކުރީ މުއިއްޒުގެ ދެމަފިރިން އަނދިރި ކޮޓަރިއެއް ތެރޭގައި ތިބެގެންނޭ ނުބުނިކަން ނަސީބެވެ. ބަލަގަ ކޮންޓްރެކްޓެއްގެ ދަށުން ވަކި ތާރީހަކަށް ނިންމަން ހަވާލުވާ ފަރާތުން ކޮންޓްރެކްޓް ބާތިލު ނުކުރާހާ ހިނދަކު ކޮންޓްރެކްޓާއި އެއްގޮތަށް ކޮންޓްރެކްތަރ އެކަން ކުރާނެއެވެ. ހޯދާނީ ނަތީޖާއޭ ބުނެ މެޑެލްޖެއްސަކަސް ކާކުކުރީ ކީއްކަށް ރައްޔިތުންނަށް އެނގެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ވިލިމާލެ ބުރިޖާއި ގެދޮރުވެރިޔާ ފްލެޓްތައް ނިމެމުންދަނީ މުއިއްޒުގެ މޮޅުކަމަކުން ނޫނެވެ. މުއިއްޒުގެ އަތެއް ފަޔެއް އެއިން ކަމަކަށް ފޯރާނަމަ އެއިންކަމެއް ނުކުރީހެވެ. އަންނަކަމެއް ދާކަމެއް ގެންނައެއްޗެއް ނޭގި ހަނިމާދޫ އެއަޕޯޓަށް އިންޑިއާ ސިފައިން އަންނަ ކަމަށްބުނެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާ ތަރައްގީ ކުރަން އޯކޭނުވި މުއިއްޒު ޖެހި މެޑަށްޔަށް އައްސަރިބަހާއި ސާބަހެވެ.

