ހީރަސް ރެސިޕީ: ފެންފޮޅި

ހީރަސް ރެސިޕީ: ފެންފޮޅި

ހީރަސް ރެސިޕީ މިއަދު ހާއްސަކޮށްލާނީ ފެންފޮޅިއަށެވެ. ފެންފޮޅި އަކީ ރޮށީގެ ބަދަލުގައި ކާލަން އެންމެ ހިތްގައިމު ބާވަތެވެ. ފެންފޮޅި ފިހެން ރޮށިހެން ފުށްމޮޑުމާއި ދެމުމެއް ނޯވެއެވެ. ފެންފޮޅި އަކީ ނިކަން އަވަހަށް އައެހާމެ ފަސޭހަކޮށް ތައްޔާރު ކޮށްލެވޭ އެއްޗެކެވެ.

ހީރަސް ރެސެޕީގައި މިފަހަރު ފެންފޮޅި ފިހުމަށް ދީފައިވާ މިންވަރުން ތައްޔާރު ކުރެވޭނީ 10 ފޮޅި ނުވަތަ 12 ފޮޅިއެވެ.

  • ބޭނުންވާތަކެތި:
  • 1 ޖޯޑު ފުށް
  • 1 ޖޯޑު ފެން
  • 1 ކުކުޅުބިސް
  • ½ ސައިސަމްސާ ލޮނު (ނޫނީ ރަހަލާ ވަރަށް)
  • ހަދާނެ ގޮތް:

1. ފުރަތަމަ ފުށްކޮޅާއި ލޮނުކޮޅު އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުކުޅުބިސްކޮޅު އަޅާލާ އެއްކޮށްލާށެވެ. ދެން، މަޑުމަޑުން އެއްކުރަމުން ފެންފޮދު އަޅާލާށެވެ.

2. ގަނޑުގަނޑަށް ފުށް ނުހުންނާނެ ވަރަށް ރަނގަޅަށް ގަށާ އެއްކުރާށެވެ.

3. ތަވައެއް އުނދުން މައްޗަށް އުދައި އެ ރަނގަޅަށް ހޫނުވީމައި އުނދުޅިއަކުން ނަގައި އެއްކުރި އެތީގެ އެތިކޮޅެއް ތަވައަށް އަޅާލާށެވެ. އުނދުޅީގެ ދަށް ފުށް  އޭގެ މަތީގައި ކާއްތާލައިގެން ވަށްކޮށް ތުނިކޮށް ފޮޅި އޮންނާނެ ގޮތަށް ފަތުރާލާށެވެ.

4. ފިހެވޭކަށް މާގިނަ އިރެއް ނުވާނެއެވެ. ފަސޭހައިން ތަވައިން ފޮޅި ނެއްޓޭވަރު ވީމައި އެއޮތީ ފިހެވިފައެވެ. ފިހެވުމުން ދޭފަތެއް ބޭނުންކޮށްގެން އެ ނަގާށެވެ. ނަގާއިރު ދޭފަތް ބޭނުން ކޮށްގެން އޮޅާވެސްލެވިދާނެއެވެ. ދޭފަތުން އޮޅާލަން އެހާ ފަރިތަ ނޫންނަމަ ނެގުމަށްފަހު ތަށްޓެއްގައި ބާއްވައިގެންވެސް އޮޅާލެވިދާނެއެވެ.