މަޝްހޫރު ހަވާދު ބްރޭންޑްތަކެއްގާ ކެންސަރުޖެހޭ ކެމިކަލެއް!

ކެމިކަލް ފެނިފައިވަނީ އިންޑިއާގެ މަޝްހޫރު ބްރޭންޑް ތަކަކުން

މަޝްހޫރު ހަވާދު ބްރޭންޑްތަކެއްގާ ކެންސަރުޖެހޭ ކެމިކަލެއް!

ބައިނަލްއަގްވާމީ އެޖެންސީއަކުން ބުނާގޮތުގައި ހަވާދުގެ ބްރޭންޑް ތަކަކުން ކެންސަރަށް މަގުފަހިވާ ކެމިކަލްތަކެއް ފެނިއްޖެއެވެ. ކެމިކަލް ފެނިފައިވަނީ އިންޑިއާގެ މަޝްހޫރު ބްރޭންޑް ތަކަކުންނެވެ. 

ހޮންކް ކޮންގްގެ ފުޑް ރެގިއުލޭޓަރީ އޮތޯރިޓީ ސެންޓަރ ފޯ ފުޑް ސެކިއުރިޓީން ޝާއިއުކުރި ރިޕޯޓެއްގައި ކެންސަރަށް މަގުފަހިވާ ކެމިކަލް ހުންނަ 3 ބްރޭންޑެއްގެ ހަވާދު އިންޑިއާގައި އުފައްދާކަމަށް ބުނެފައިވެއެވެ. ބްރޭންޑްތަކުގެ ވާހަކަ ދައްކާފައިވެއެވެ. އިންޑިޔާގެ އެ ތިން ބްރޭންޑްގެ ހަވާދުން ވެސް ފެނިފައިވަނީ އެތިލީން އޮކްސައިޑް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެމިކަލް ބޭނުން ކުރުމަށް ހުއްދަކުރެވިފައިވާ މިންގަނޑާއި ހިލާފު ވެފައިވާ ކަމަށް ވަނީ އެމްޑީއެޗް ކުންފުންޏާއި އެވަރެސްޓް ކުންފުނިންނެވެ. އެ ކުންފުނި ތަކުން އެ ތުހުމަތުތަކަށް އަދި ރައްދެއް ދީފައިނުވެއެވެ.

ހޮންކޮންގުގެ ފުޑް ރެގިއުލޭޓަރީ އޮތޯރިޓީން ބުނާގޮތުގައި އެމްޑީއެޗްގެ އުފެއްދުންތަކެއް ކަމުގައިވާ "މަދްރަސާ ކަރީ ޕައުޑަރ" އާއި "މިކްސްޑް މަސާލާ ޕައުޑަރ" އާއި  "ކަރީ ޕައުޑަރ މިކްސްޑް މަސާލާ ޕައުޑަރ" ގައި އެތިލީން އޮކްސައިޑް ހުރެއެވެ. ހަމައެހެންމެ އެވަރެސްޓްގެ "ފިޝް ކަރީ މަސާލާ" އިން އެތިލިން އޮކްސައިޑްގެ އަސަރު ފެނިފައިވާކަމަށް ވެއެވެ.