އެއްދުވަހުން ހަނގުރާމަ ހައްލުކުރާނަން: ޓްރަމްޕް
ނައިބު ރައީސް ކަމަލާގެ ނާކާމިޔާބު ހާރިޖީ ސިޔާސަތުގެ ނަތީޖާ
އިޒްރޭލުގެ ޓެލްއަވީވްއަށް އިރާނުން ދިން ބެލެސްޓިކް މިސައިލް ހަމަލާގައި އިޒްރޭލުގެ ދަނގަޑު ގުއްބު ފުޑުފުޑު ކޮށްލުމުން ދުނިޔޭގެ 3ވަނަ ބޮޑު ހަނގުރާމައާއި ގާތްވާން ނުޖެހޭ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އީރާނުން ތެލްއަވީވްއަށް ދިން ބެލެސްޓިކް މިސައިލް ހަމަލާގައި އިޒްރޭލްގެ ނެވަޓީމް އެއަރ ބޭސް ދިފާއު ނުކުރެވި ވަނީ ފުޑުފުޑު ވެފައެވެ. ޓެލްއަވީވްގެ ބައިބޯ ހިސާބަކަށް އިރާނުން ދިން ބެލެސްޓިކް މިސައިލް ހަމަލާގައި އިޒްރޭލް ސިފައިން ދިފާއީ އައްޑަނައަކަށް އާއްމުން ބޭނުން ކުރަމުންދާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އީރާނުން އިޒްރޭލްގެ ތެލްއްވީގެ ވައިގެ މަރުކަޒަކަށް ދިން ބެލެސްޓިކް މިސައިލް ހަމަލާއާއި ގުޅިގެން އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ފެނިގެން މިދަނީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާގެ ނާކާމިޔާބު ހާރިޖީ ސިޔާސަތުގެ ނަތީޖާއެވެ. އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕް އާއި ވާދަކުރައްވާ ކެންޑިޑޭޓެވެ.
ޓްރަމްޕް ވިދާޅުވަނީ މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ނުރައްކާތެރި ހަނގުރާމަ ޓްރަމްޕްގެ ވެރިކަމެއްގައި އެންމެ ދުވަހަކުން ހައްލު ކުރައްވާނެ ކަމަށެވެ.