އެމެރިކާއަށް އެންމެ ފަހުގެ ބޮންއަޅާ ބޯޓު ގަންނަނީ
އެމެރިކާގެ އެއަރފޯސްއަށް ސްޓެލްތް ރައިޑާ ބީ-21 ގެ 100 ބޮންއަޅާ މަތިންދާ ބޯޓު
އެމެރިކާގެ އެއަރފޯސްއަށް ސްޓެލްތް ރައިޑާ ބީ-21 ގެ 100 ބޮންއަޅާ މަތިންދާ ބޯޓު ގަތުމަށް ނިންމައިފިއެވެ. މީގެ ކޮންމެ ބޯޓެއްގެ އަގަކީ 700 މިލިއަން ޑޮލަރެވެ. ނެސްޓް ޖެނެރޭޝަންގެ މިބޯޓުތަކަކީ ނިއުކުލިއަރ ހަތިޔާރު އުފުލޭ އަދި ޕައިލެޓުން ނެތި ދުއްވޭގޮތަށް ފަރުމާކޮއްފައިވާ ހައިޓެކް މަތިންދާ ބޯޓުތަކެކެވެ.
ސްޓެލްތް ބޮމަރ އުފައްދަނީ ހަތިޔާރު އުފެއްދުމަށް މަސްހޫރު އެމެރިކާގެ ކެލިފޯނިއާގެ ކުންފުންޏެއްކަމަށްވާ ނޯތްރޮޕް ގްރަމަން ކޯޕަރޭޝަނުންނެވެ.
ނޯތްރޮޕް ގްރަމަން ކުންފުންޏަކީ އެމެރިކާގެ އަސްކަރިއްޔާއަށް އެއުރޯސްޕޭސް އަދި ޑިފެންސް ޓެކްނޮލޮޖީ ފޯރުކޮށްދޭ އަދި ނުރައްކާތެރި ފަހުގެ ހަތިޔާރު އުފައްދާ ކުންފުންޏެކެވެ. ކުންފުނީގައި 90 ހާސް މުއައްޒަފުން މަސައްކަތް ކުރަމުން ގެންދެއެވެ. ކުއްފުނީގެ ފައިދާ އަހަރަކު 30 ބިލިއަން ޑޮލަރަށް އަރައެވެ.
މިދިޔަ ހުކުރު ދުވަހު ކެލިފޯނިޔާގައި އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވި ހަފްލާއެއް ބީ 21 އެއަރ ކްރާފްޓްގެ 100 ބޯޓް ގަތުމުގެ ހަފްލާގައި އެކަން އިއުލާނު ކުރުން ބޭއްވިއެވެ. މިކަން ނޯތްރޮޕްގެ ސްޕޯކްސްޕާސަން ވަނީ ކަށަވަރު ކޮއްދީފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބީ 21 މަރުކާގެ ބޮންއަޅާ ބޯޓުތައް ގަތުމަށް ނިންމި ނިންމުމާއި ގުޅިގެން ނޫސްތަކުން ސްވާލުތައް އަންނަނީ އުފައްދަމުންނެވެ. ރަޝިޔާއިން ޔޫކުރޭނަށް އަރާ ޔޫކުރޭނުގެ ބައެއް ހިފާ ހަގުރާމަ ކުރަމުންދާ ތާ 9 ވަރަކަށް މަސްވީ އިރު މިހަގުރާމައިގައި ޔޫކްރޭންނަށް ހަތިޔާރާ ފައިސާގެ ގޮތުން އެހީތެރިވާ އެންމެ ބޮޑު ގައުމަކީ އެމެރިކާއެވެ. މިކަމުގެ ސަބަބުން ރަޝިޔާއާއި ގުޅުން ގޯސްވެ ދެންމެ ދެންމެ ނިއުކުލިއަރ ހަގުރާމައެއް ފެށި ދާނެކަމުގެ ބިރުވެރިކަމާ ދުނިޔެ ވަނީ ކުރިމަތިލާން ޖެހިފައެވެ. ހަމަ މިގޮތައް ޓައިވާނުގެ މައްސަލާގައި ޗައިނާއާއި އެމެރިކާގެ ނުތަނަވަސްކަން ބޮޑުވެ ހަގުރާމައެއް ފަށާފާނެ ހާލަތަކަށް ކަންކަން ވަނީ ގޮސްފައެވެ.
މިދިޔަ ބުދަ ދުވަހު ހުޅަނގު ޕެސިފިކް ކަނޑުމަތީގައި ޗައިނާއާއި ރަޝިޔާ ގުޅިގެން 8 ގަޑީއިރުގެ އަސްކަރީ ވައިގެ އުޅަދުތައް ބޭނުން ކުރާ އަސްކަރީ ފަރިތަ ކުރުން ތަކެއް ކުރިއަށް ގެންދިއެވެ. ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ އަސްކަރީ ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރުގަދަކޮށް އަމިއްލަ ސަލާމަތައް ދެ ގައުމުން އެކުގާ މަސައްކަތް ކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.
މޮސްކޯ އަދި ބޭޖިންގ ގުޅިގެން ސްޓެލްތް ބޮން އަޅާ ބޯޓެއް ދަނީ އުފައްދާން މަސައްކަތް ކުރަމުންނެއެވެ. ޗައިނާ މަތިންދާ ބޯޓް ޒިއާން އެޗް 20 އަދި ރަޝިޔާގެ ޓުޕޯލެވް ޕީއޭކޭ އުފައްދާ ނިމޭއިރު ސްޓެލްތް ބީ 21 މަރުކާގެ ބޯޓަކާ ތަފާތެއް ނުވާނެކަމަށް ހަބަރުތައް ބުނެއެވެ.