ގެއަކަށް ނޫން. ރައީސް ޔާމީން އެއްކޮށް މިނިވަންކުރޭ.

ރައްޔިތުންގެ 54 އިންސައްތަ ޔާމީނު ދޫކޮށްލަން ބުނެފި

ގެއަކަށް ނޫން. ރައީސް ޔާމީން އެއްކޮށް މިނިވަންކުރޭ.

ގާނޫނަކީ ރައްޔިތުން ހަދާ އެއްޗެކެވެ. ހުރިހާ ރައްޔިތުންނަށް އެއްފަހަރާ މަޖިލިހަށް ނުވަދެވޭނެތީ އެމީހުންގެ ނިންމުންތައް ނިންމާ ގާނޫނުތަށް ހަދަން ވޯޓުލައިގެން އެމަޖިލިހަށް ބަޔަކު ވައްދަނީ ރައްޔިތުންނެވެ. އެ ރައްޔިތުންގެ 54 އިންސައްތަ ނިންމުމަކީ ރައީސް ޔާމީން ނެރުއްވި ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވުމެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާ ކުރެވޭ ތަހުގީގުތަކާ އުފުލިފައިވާ ދައުވާތަކަކީ މިހާރު ރައްޔިތުންގެ އަޣުލަބިއްޔަތު ގަބޫލު ކުރާއެއްޗެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސް ކުރާ ގާނޫނަކަށްވުރެ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމެއްގެ ބާރު ގަދަވާނެއެވެ. 

ރިޝްވަތުނެގުމާ މަނީލޯންޑަރިންގެ އަދަބު ރައީސް ޔާމީނަށް ދޭކަށް ރައްޔިތުން ގަބޫލެއް ނޫނެވެ. އެއީ ކުއް ކަމުގައި ހަދާ ރައީސް ޔާމީނަށް އަދަބު ދިނުނަކީ ދިވެހިން ނުރުހޭ ކަމެކެވެ. މިހެން ބުނީމާ ރިހާކުރުފުޅި ވަގަށްނެގި މީހާއަށް އަދަބުދެނީ ކީއްވެހޭ ބުނާ މީހާގާތު ބުނަމެވެ. އެކަަކަށް އަދަބު ދީފާ އަނެކަކު މިނިވަން ކުރަން ރައްޔިތުން ނިންމީމާ އެނިމުނީއެވެ.