ސުމެއްގެ ފަހަތަށް ސުމެއް
ފެންނަނީ ހައްގު ބަސް ބުނަން ފަސްޖެހޭތަން
އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލާނެކަމަށް ބުނި ބަޔަކަށް ލިބުން ވެރިކަމުގެ ހުރިހާ ބާރެެއް މިފެންނަނީ، ފޮޅުވަތްމަތީ ފޮޅުވަތް އަޅާތަނެވެ. ރައްޔިތުން ޖަޒުބާތުގައި ޖައްސާ ވޯޓު ހޯދުމަށް ދެއްކި ހުސްގޮނޑި ގެއްލިއްޖެއެވެ. ގޮވަމުންދިޔަ ހަރާމްހުކުމް ފެނުކެއްކި ބޮލީގެ އިއްޒަތަަށް ބަދަލުވެއްޖެއެވެ.
ވަލުކުއްތާ ވަލުދޮރުން ވަންނާތީވެ ޓިނު އާކުރަން ޖެހި ހިސާބު ދިމަލެއްނުވިއެވެ. ރައްޔިތުންނަށް ދެއްކި ހުވަފެނުގައި ޤައުމު ދަރާބޯހިކޭކަަށްނެތެވެ. ރައްޔިތުންގެ ތިޖޫރި ހުސްވެެއްޖެކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ބިރުވެެރިކަން އުފެއްދިއެވެ. މިއީ ހަޤީޤަތް ނޫންތޯއެވެ؟ މި ވަރުވީމާ ހަދިޔާއަކަށް ދެން ދޭންވީ މަޖިލިސް މެޖޯރިޓީތޯއެވެ؟
ސިޔާސީ ބުރަދަނެއް ނެތް ހިޔަނިވެސް ނުވާ، ކުޑަޕާޓީއެއް ކުއްލިއަކަށް ބޮޑުވިގޮތް ބުނެދެނީ ރައްޔިތުން ވަޒީފާގެ ބޭނުން ޖެހިފައިވާ ކަމެވެ. ޤައުމީ ވިސްނުމާ ދުުރުކަމެވެ. ރައްޔިތުންގެ ނިކަމެތި ދިރުއުޅުމުގެ ހާލަތު ކަމެވެ. ފެންނަނީ ޚައްޤުބަސް ބުނުމުގައި ފަސްޖެހޭ ތަނެވެ. ދައްކާ ދޮގު ވާހަކައަށް ރުހިގެން ތިބޭ ތަނެވެ.
އަދިވެސް ޤައުމަށް ހެޔޮ ބަދަލެއް ގެނެވޭނީ ރައްޔިތުން އެމީހުންގެ އަމިއްލަ ނަފުސުދެކެ ލޯބިވެގެންނެވެ. ނަފުސު ހޭލައްވައިގެންނެވެ. ހެދިދޮގު އަމިއްލަ ބުއްދިން ކިރާލައިގެންނެވެ. ޤައުމު އިސްކޮށްގެންނެވެ.