މީ އަޅުގަނޑު ދައްކާލާ ހުވަފެނެއް:ނާޒިމް
ނާޒިމް ހުންނެވީ ރައްޔިތުން ނައް ހުވަފެން ދައްކަވަން ތައްޔާރައް.
ދުނިޔޭގެ އެކި ގައުމު ތަކުގައި ރިޔާސީ އިންތިހާބަކީ އެންމެ ވާދަވެރި ކަމާއެކު ބާއްވާ އެއް އިންތިހާބެވެ. ތަފާތު ޕާޓީ ތަކުގެ ތަފާތު ހިޔާލު ތަކުގެ ތަފާތު ވައުދުތައް ފެނިގެން ދެއެވެ.
ރާއްޖެއަކީ ވެސް ރިޔާސީ އިންތިހާބުގެ ފޯރި ކުޑަ ގައުމެއް ނޫނެވެ. އެގޮތުން މި ދުވަސްވަރަކީ ރިޔާސީ އިންތިހާބުގެ ފޯރިޖެހި ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅުންގެ ކެންޕޭނު ހިގަމުންދާ ދުވަސްވަރެކެވެ. އެކި އެކި ވައުދުތަކާ މެނިފެސްޓޯތައް އިއުލާން ކުރެވެމުން އިވެމުން އެބަ ދެއެވެ.
އެހެން ނަމަވެސް އިއްޔެ ރޭގެ ވަގުތެއްގައި އިއުލާން ކުރެވިގެން ދިޔައީ MNPގެ ވެރިކަމެއްގައި މާލެއައް ރާވާފައިވާ ހިޔާލީ ތަސައްވަރެކެވެ. ވިސްނާލުމެއް ނެތި ބަލާލައިފި ކޮންމެ މީހަކައް ސިފަ ވާނީ ހަމަ ސިންގަޕޫރާއި އެއް ފަދައިންނެެވެ. އެހާވެސް ކުރެހުންގަނޑާއި ވީޑިއޯޕްރެސެންޓޭސަން ފުރިހަމައެވެ. ނަމަވެސް ވިސްނާލައިފި މީހަކަށް މިކަން ގަބޫލު ކުރަން ދަތިވާނެއެވެ.
ރާއްޖެއަށް މުހިންމީ އަދިވެސް ވެރިރަށް މާލެއައް ބަރޯސާވުންތޯއެވެ. .ނޫނީ ޖަނަވާރުންގެ ޑޭކެއަރ ސެންޓަރެއްތޯއެވެ. ނޫނީ ތޮއްޖެހިފައިވާ މާލެ ސިޓީއަށް އަނެއްކާ ވެސް ބާރުބޮޑު ކުރަން އިތުރު މޯލްތަކާއި މުނިފޫހި ފިލުވުމުގެ ނަމުގައި ވަކި މަގްސަދެއް ހާސިލް ކުރުމައްޓަކައި ނާސިގެ ތަކެއް އުފައްދަން ތޯއެވެ.
ހަގީގަތަކީ މިއަދު ދިވެހިން ބޭނުން ވަނީ، އަމިއްލަ ރަށުގައި ނުވަތަ ރަށާއި ކައިރިން ހުރިހާ ހިދުމަތެއްވެސް ފަސޭހަ ކަމާއެކު ލިބެން ހުންނާށެވެ. ޖަނަވާރުންގެ ބަދަލުގައި މަސައްކަތުގައި އުޅޭ މައިންނަށް އެ މީހުންގެ ކުދިންބލާނެ ރައްކާތެރި ޑޭކެއަރ ތަކެވެ.
އެންމެ ބޮޑު ތަރައްގީއަކީ ދުނިޔޭގެ އެންމެ ޑެންސިޓީ ބޮޑު ވެރި ރަށަށް މާކެ ހެދުމަށް ދެއްކި މޮޅު ވާހަކަ ދައްކައިގެން މާލެ ނައިސް ނުވާ ގޮތަށް ހަދާ މާލެ ބިނާކުރުމުގެ ނަމުގައި މާލެފަނާ ކުރަން ކިރުފެލާ ގެރިއަށް ރައްތައް ވާކަށް މިހާރަކު ރަށުމީއަށް ގަބޫލެއް ނުކުރެވެއެވެ. އެ ބައެއްގެ އަމިއްލަ ރަށުގައި ސިއްހަތާ މުޖުތަމައަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ ކުޅިވަރާއި މުނިފޫހިފުލުވޭނެ ތަންތަނެވެ. .
ކޮންމެއަކަސް ވައުދެއް ވެއްޖެއެވެ. މިބޭފުޅުންނައް އުޅެ އެޅެވެސް އޮއްޓަރެއް ހުރި ރައްޔިތުންނަށް ފައިދާހުރި ވައުދެއް ނުވެވުނެވެ. ވާނީވެސް އެހެން ތާއެވެ. MDP ގެ މެނިފެސްޓޯގައި ނެއް ވައުދެއް ނެތެވެ.
މާކުރިން ވައުދުވެ ވައުދު ފުއްދަމުން އައި ވެރިއަކަށް ދެންވެސް ކުރެވޭނެ ކަންކަމާ ކޮއްދެވޭނެ ކަންކަމާ މާބޮޑަށް އެނގެއެވެ. ރައްޔިތުން އެންމެ ބޭނުން ޖެހިފަ ތިބި ކަންކަން މާގާތުން އެނގެއެވެ. ވައުދުގެ ވައުދު ފުއްދަވާ ވެރިއަކު ޓެސްޓްކޮށް އޭ ސްޓަރ ދީފާވާ އެހުރީ ހިދުމަތަށް ނިކުމެއެވެ. ރައްޔިތުން މިއަދު ބޭނުން ވަނީ ހަގީގީ ކުލަޖެހިފަވާ އުފާވެރި އަމާން ރާއްޖެއެކެވެ. ނާޒިމް މެން ތިޔަވދައްކަވާ ކުލަ ނުޖެހޭނެ ހުވަފެނެއް ނޫނެވެ.