ވަދެއްޖެތަނެއް ފަސާދަކުރަން ބާރަށު މައިކްވަރެއްނެތް!

ފަސާދަ ކުރުމުގައި ބާރަށު ޝުޖާއުމެން ވަރެއްނެތެވެ. ވަދެއްޖެ ތަނެއް ފަސާދަ ކުރާނީ އެމްޑީޕީއަކުން ނޫނެވެ. ވަދެއްޖެ ތަނެއް ފަސާދަ ކުރަނީ ބާރަށު ޝުޖާއެވެ. ރައީސް ޔާމީނުގެ ސަރުކާރަށް ތޮރުފިގެން ޔާމީނުގެ ވެރިކަން ފަސާދަކޮށް ލިއެވެ. ރައީސް ޔާމީނު އެއުޅުއްވަނީ ޝުޖާމެން ކުރި ފަސާދައިން އަދިވެސް މިންޖު ނުވެވިގެންނެވެ. ސިޓީ ކައުންސިލަށް ވަދެ މޭޔަރ މުއިއްޒުގެ މޭޔަރުކަން ފަސާދަ ކޮށްލިއެވެ. ޑރ. މުއިއްޒަށް އަދިވެސް އެއުޅެނީ މޭޔަރ ކަމުގައި އުފެއްދިހާ ފަސާދައިން އަަރައިނުގަނެވިގެންނެވެ.
ބާރަށު ޝުޖާމެން ރައީސް މުއިއްޒު ސަރުކާރަށް ދަނޑި ބާނައިގެން މުއިއްޒު ސަރުކާރުވެސް ފަސާދައިގެ ހާއްޔަކަށް ހަދާ ނިންމައިފިއެވެ. މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތްކުރި އެތައް ހާސްބަޔަކު މިހާރު މުއިއްޒާ ދެކޮޅަށް އެތިބީ ޝުޖާމެންގެ ފަސާދައިގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހަށްވަދެ ރައްޔިތުންގެ މަޖިލީސް ވެސް ޝުޖާ ފަސާދައިން ފޯކޮށްފިއެވެ.
ނުހައްއގުން ދައުލަތުގެ ފައިސާއާއި މުދާ އަމިއްލަ ޖީބަށް ކަހަމުން ނުހައްގުން ހުޅުމާލެއިން ބިން ހޯދަމުން މަތިހަށި ނަގައިގެން މުއިއްޒު ވަރެއްނެތިގެން މިހާރު އުޅެނީ ޔާމީނު ވެރިކަމުގައި ޔާމީނައިގެންވެސް އުޅުނުފާޑަށެވެ. މުއިއްޒުގެ ވަރަ ބިނދޭ އިރަށް މުއިއްޒުގެ މުޅަމަސް ކާން އެންމެ ބާރަށް ދުވާނެ އެކަކީ ޝުޖާއެވެ.
މުއިއްޒު ވެރިކަމުގެ ތެރޭގައި ހިނގާ އެއްވެސް ފަސާދައެއް ބޭއިންސާފެއް ޝޫޖާއަކަށް ނުފެނެއެވެ. މުއިއްޒު ސަރުކާރުގެ ތެރޭގައި ހިންގާ ނޭއްގާނި ކަންކަމުގެ ވާހަކަ ދައްކާ މީހުން ފަހާދުވެ އެމީހުންގެ އަނގަ ބަންދުކުރަން ރެޔާދުވާލު ފިތުނަ ފަސާދަ އުފެއްދުމުގައި ޝުޖާ އުޅެނީ އަވަދިނެތިއެވެ. ވާދަވެރި ސިޔާސީ ހަރަކާތް ހިންގިޔަނުދޭން ކޮންމެ ވިޔާނުދާ ކަމެއްގެ ތުހުމަތު އެމްޑީޕީގެ ބޮލަށް ކަނޑާލައިގެން ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތެއް ކާމިޔާބެއް ނުވާނެއެވެ. އެއަށްވުރެ ބޮޑަށް މުއިއްޒު ސަރުކާރުގެ ދޮގުވެރިކަމާއި ބޭއިންސާފު ރައްޔިތުންނަށް އޮތީ ހާމަކޮށް ފެންނާށެވެ.
މުއިއްޒު ސަރުކާރުގައި އަދުލު އިންސާފުގެ ކުލަވެސް ނެތިގެން ޔުމްނު ހާދިސާއާއި ގުޅިގެން ޒުވާނުން ކުރާ ސުލްހަވެރި އިހްތިޖާޖުން ސިޔާސީ މަންފާ ހޯދަން އުޅެނީ އެމްޑީޕީއަކުން ނޫނެވެ. ޒުވާނުންގެ އިހްތިޖާޖު ބޭނުންކޮށްގެން ފައިސާ ހޯދީ ޔުމްނުގެ ފަރުވާއަށް ޒުވާނުންގެ އަމިއްލަ އިސްނެގުމުގައެވެ. ޔުމްނުގެ ފަރުވާއަށް ހޯދި އެހީތެރިކަންވެސް އެއީ އެމްޑީޕީން ފައިސާ ހޯދަން ކުރިކަމަކަށް ހަދައިގެން ދޮގުތުހުމަތު އެމްޑީޕީގެ ބޮލުގައި ޝުޖާ އެޅުވުމުން ޝުޖާމެންގެ ނުބައިކަން ޒުވާނުންނަށް އިތުރަށް ސާފުވުން ނޫންކަމެއް އެދޮގު ތުހުމަތުން ނުވެއެވެ. މަކަރާ ހީލަތުން ފައިސާ ހޯދުން ނޫން ކަމެއް ސިކުނޑީގައި ނުހުންނަ ޝުޖާއަށް އެހެން އެންމެންވެސް ކުރާނީ ވައްކަމޭ ހީވަނީތާއެވެ. ޒުވާނުންގެ އިހްތިޖާޖް ރާވާ ހިންގާ ޒުވާނުން ޝުޖާމެނާ މެދު ތިބީ ނިކަން ރަނގަޅަށް ސަމާލުވެގެންނެވެ.