ހުރިހާ ކަމެއް އެނގޭ - އިންޑިއާ ސިފައިން ތިބިކަމެއް ނޭނގޭ

ދޮގު ހެދި ހެދީނުން އެދޮގު އެއީ އެންމެ ބޮޑު ތެދުކަމަށް ހެދި

ހުރިހާ ކަމެއް އެނގޭ - އިންޑިއާ ސިފައިން ތިބިކަމެއް ނޭނގޭ

ކެމްޕޭން ކުރިއިރު ސަރުކާރުގެ ވެރިންގެ އެތަން މިތަނުގައި ހުރި ކަޅުތިލައިގެ އަދަދު ވެސް އިދިކޮޅަށް އެނގެއެވެ. އަމުދުން އިންޑިއާ ސިފައިން ގިނަ ކަމުން ހިނގައި ގަނެވޭ ކަމަކަށް ވެސް ނުވެއެވެ. އެއިގެން މީހަކު ރައްޔިތެެއްގެ ލޮލަށް ނުފެނުނަސް އިދިކޮޅު މީހުންނަށް އިންޑިއާ ސިފައިންގެ މީހަކު ނޫން އިންސިއެއް ރާއްޖޭގެ ރަށަކުން ފެންނަ ކަމަކަށް ނުވެއެވެ. ދޮގު ހެދި ހެދީނުން އެދޮގު އެއީ އެންމެ ބޮޑު ތެދުކަމަށް ހީކޮށް ދުނިޔޭގެ އެންމެ ހުޝިޔާރު ހޭލުންތެރިން ކަމަށް ބުނާ ދިވެހިން ވާވަނީ އަމަށަކު ވަރަކަށް ނޫނެވެ. އިންޑިއާ ސިފައިން ބާލަން ވޯޓު އަޅާ މުއިއްޒު ހޮވައިފިއެވެ. 

ހޮވުމާއެކު ވެރިކަން ބަދަލުވުމުގެ ގާނޫނީ މަރުަހަލާ ފެށި ގާނޫނުގެ ބާރުލިބިގެން މުއިއްޒުގެ އިންތިގާލީ އޮފީހުން މައުލޫމާތު ސާފު ކުރަން ފަށައިފިއެވެ. އެއަރޕޯރޓަށް ފައިސާ ލިބުނު ގޮތްވެސް އަދުރޭ އެބަ ކިޔައިދެއެވެ. އިންތިގާލީ ރަސްމީ މަސައްކަތް ނިމޭ އިރުވެސް އިންޑިއާ ސިފައިން ތިބި ޢަދަދު މުއިއްޒުގެ އިންތިގާލީ އޮފީހަށް އެނގޭ ކަމަކަށް ނުހެދިއެވެ.

ބުނެބަލާށެވެ. އަދަދު ނޭނގިގެން ތިޔަ އުޅެނީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތީމާ ދޮތައެވެ؟ ނޫނީ ގިނަވެ ތޮއްޖެހި ގަނޑުވެ އެކެއް އަނެކަކާ ވަކިނުވެ ނުގުނޭ ވަރަށް ގަނޑު ބޮޑީ ހެއްޔެވެ. ތިޔަ ވެގެން އުޅެނީ އެހެން ގޮތެކެވެ. ތިޔަ ޖަހަން އުޅެނީ އެހެން ޗައްކަރެކެވެ. ނޭނގެ އޭ، ސާފެއް ނުވެއޭ ކިޔަމުން ގޮސް ހުވާ ކޮށްފާ، ޔާމީނު ވެރިކަމުގައި ގެނައި ހެލިކޮޕްޓަރާ ޑޯނިއާ ބާއްވައިގެން އިންޑިއާ ސިފައިން ލައިގެން ވެރިކަން ކޮށް، އިންޑިއާ އިން ފައިސާ ހޯދާނީ ހެއްޔެވެ؟