ޖޭޕީގައި އަލަށް ފޮޅުނު ތާޅަފިލިމާ

މުއްސަންޖެއްގެ މިޔަކަނުން ވެއްޓޭ ބަތް ފުކަށް ދަހިލަވައިގެން ބަސްބުނުން

ޖޭޕީގައި  އަލަށް  ފޮޅުނު  ތާޅަފިލިމާ

5 އަހަރު ވަންދެން ކޯލިޝަން ބޯކިބާގެ ފަޅިވަރު ތަކުން ކަރުބުޑާ ހަމައަށް ވަރު ކުރުމަށް ފަހު އަންނަ ދައުރަށް ވާދަ ކުރަން ނިންމި ޖޭޕީގައި މާމޮޅު ވާހަކަ ތަކެއް ދައްކާ މީހަކު އެބައުޅެއެވެ.

ގައުމު އަޅުވެތިވެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލިގެން އުޅޭ އިސްތިގުބާލެކެވެ. މޭޔަރު މުއިއްޒުގެ ދެބޭންގެ ދެދަރި އިގްބާލު ކިޔާ މީހެއް ކަމަށް ވެއެވެ.  

ކޮވިޑް 19 ގެ ބޮޑު ބަލި މަޑުކަމާ އެކު ގާސިމް ގެއްލުނުހެން، އިގްބާލު ފިލިހެން އިސްތިގުލާލް ގެއްލޭނެ ކަމަށް ހީވަންޏާ އެ މީހާ އެ ހުރީ ކޮންމެވެސް ވިޓަމިނެއް މަދުވެފައި ތޯއްޗެވެ. 

5 އަހަރު ވަންދެން ސަރުކާރުން ކޭމޮޅު ކައިގެން ނުކުތް ޕާޓީ އަކު ވެރިކަމަށް އަންނަންޏާ ވެސް ބޮޑެތި ދޮގާ ފިތުނަ ފަސާދަ ނުހަދާ ކެމްޕޭން ކުރަންވީ ނޫންހެއްޔެވެ؟

މާބޮޑު ވަތަނީ އަދި ދީނީ ބަހުރުވަ އިސްކޮށްގެން އޫރުމަހާ ރާ ވިއްކައިގެން ލިބޭ މުއްސަންޖަކުގެ މިޔަކަނުން ވެއްޓޭ ބަތް ފުކަށް ދަހިލަވައިގެން ހިތުން ތިޔަ ބުނާ ބަސްތަކުން ވެއްޓޭ ބަތްފުކަށްވުރެ ދަށު ދަރަޖައަށް ވެއްޓެނީ ތިމާގެ އަގެވެ.

ދެން ތިޔަހާ ވަރު ވަންޏާ ސަރުކާރުގެ މަގާމު ތަކުގައި ދަތް އަޅައިގެން މިހާ ދުވަހު ތިޔަ ޖޭޕީ ތިޔަ އޮންނަނީ ކިއެއްވެގެން ހެއްޔެވެ؟