ޕާޓީތަކުގެ ތަންތަންކޮޅާ ޖޭޕީ ކޯލިޝަން ހެދުން

ގާސިމަށް ވެރިކަން ލިބިއްޖެނަމަ ވަސްނެތް ފޮޑިއަކަށް ވެސް މުގާބޭ ނުވާނެ!

ޕާޓީތަކުގެ ތަންތަންކޮޅާ ޖޭޕީ ކޯލިޝަން ހެދުން

ސިޔާޕާޓީ ތަކުގެ ތަންތަންކޮޅާ ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދަނީއެވެ. ޕީޕީއެމުން ގައްސާނު ފެކްޝަނާއެވެ. އެމްޑީޕީން އަންނި ފެކްޝަނާއެވެ. ސަލަފްގެ ބައިވެރި ވުމާއެކު ޕީޕީއެމް މޭޔަރ ފެކްޝަން ކިހިލި ޖަހާލުމުގެ ހިޔަޅު ރޭވުން އަންނަނީ ރޭވެމުންނެވެ. އެންމެ ފަހުން ޕާޓީތަކުން ވަގަށް ނަގާ ފެކްޝަން ތަކުގެ އެހީގައި ވެރިކަމަށް އައިސް ގާނޫނީ ހައިސިއްޔަތެއް ނެތް ބައެއް ކަމަށް ބުނެ އެންމެން ފައްސާ ނާގާލާ ވެރިކަން އެކަނި ކައްވާލުމުގެ ހީލަތްތެރި މަޅިއަށް މުއިއްޒާ ގައްސާނާއި ނަޝީދު އެތިބަ ދަނީ މެހެމުންނެވެ.   

މަލްޓި ޕާޓީ ނިޒާމަށް ގާސިމް އިބުރާހީމް އިސްވެހުރެ އެ ދެނީ މުޅި ނިޒާމު ފުނޑު ފުނޑު ކޮއްލާވަރުގެ ނުރައްކާ ތެރި ހަމަލާ އެކެވެ. އެ މަގުން ގޮސް ގާސިމަށް ވެރިކަން ކާމިޔާބު ވެއްޖެނަމަ ވަސްނެތް ފޮޑިއަކަށް ވެސް މުގާބޭ ނުވާނެއެވެ. ހޮދުމުހުތާރުކަމާއި ދައުލަތް އަމިއްލަ ކޮށްލުމުގައި ދުނިޔެ ދުށް އެފަދަ މަދު މީހުންގެ ލިސްޓުން ކުރި ހޯދާނެއެވެ. ވަހުޝީ ކަންކަމުގައި ކަލްގިއުލާ ވެސް ވާނީ ސުމަކަށެވެ. 

އެކަމަކު ކުރާނީ ކީއްހެއްޔެވެ. ރަންކޮޅާއެވެ. އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ހުރި ގޮތަށް ހުއްޓާ އެމްޑީޕީގެ ރައީސް ޖުމްހޫރީ ގައިދަށު ވެއްޖެއެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް އޮތްތާ އޮއްވާ އަންނިގެ ޕަޕެޓް އެމްޕީން ޖޭޕީއާއި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެއް ހަދަނީއެވެ. ފިކުރެއްގެ ދިރުމާ ޖުމްހޫރީ މެނީފެސްޓޯއެއް އެކުލަވާ ލެވެނީއެވެ. ޖުމްހޫރީ ޕާޓީއާއި ނަޝީދު ގުޅިގެން ރާއްޖޭގެ މަލްޓިޕާޓީ ސިޔާސީ ނިޒާމު ފުޑާލަނީއެވެ.

ދައުލަތުން ސިޔާސީ ޕާޓީއަށް ދޭ ފައިސާ ހޯދައިގެން ތިބެ ޖުމްހޫރީ ޕާޓީން އެހެން ޕާޓީއެއްގެ މެންބަރުން ތަކަކާއެކު ގާނޫނާ ހިލާފަށް ހަދާ ކޯލީޝަން ހުއްޓުވަން ޖެހެއެވެ. އެމްޑީޕީގެ ގާނޫނީ ގުނަނަކުން ފާސް ކުރުމެއްނެތި އެމްޑީޕީ ބަޔަކާއެކު ޖުމްހޫރީން ކޯލިޝަން ހެދުމަކީ ޖުމްހޫރީ ޕާޓީ ސަސްޕެންޑް ކުރަން ޖެހޭވަރުގެ ކަމެކެވެ.