އެވަޓާ 3: ފަޔަރ އެންޑް އޭޝް ސިނަމާތަކަށް

"އެވަޓާ" ސީރީޒްގެ ތިން ވަނަ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީހު އިއުލާންކޮށްފި

އެވަޓާ 3: ފަޔަރ އެންޑް އޭޝް ސިނަމާތަކަށް

އަާންމުންގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ހޮލީވުޑްގެ  "އެވަޓާ" ސީރީޒްގެ ތިން ވަނަ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހު އިއުލާންކޮށްފިއެވެ.

"އެވަޓާ: ފަޔާ އެންޑް އޭޝް" ގެ ނަމުގައި އަންނަ ޑިސެމްބަރު މަހު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމް ސީރީޒްގައި މިހާތަނަށް 2 ބައެއް ގެނެސްދީފައިވެއެވެ. އެގޮތުން، އެންމެ ފަހުން ގެނެސްދީފައިވަނީ "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އެވެ.

430 މިލިއަން ޑޮލަރުގެ ބަޖެޓުގެ އެ ފިލްމަށް ބޮކްސް އޮފީހުގައި 2.32 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. 2.923 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއި އެކު، އެވަޓާގެ ފުރަތަމަ ފިލްމް ވެގެން ގޮސްފައިވަނީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމަށެވެ.