މިއަހަރުގެ އެންމެ ބޮޑު ހަނދު
"ބްލޫ މޫން" 2023 ވަނަ އަހަރުގެ އެންމެބޮޑު ހަނދު ސަފަރު މަހުގެ 15 ވިލޭރޭ.ބްލޫ މޫން ފެންނާނީ ބުދަ ދުވަހުގެ ރޭ (އޮގަސްޓް 30) އެވެ. މޫސުން ގޯސް ނޫންނަމަ މި ހަނދު އެންމެ ބޮޑުކޮށް ފެންނާނެކަމަށް ބެލެވެނީ އިރުއޮއްސޭތާ މާގިނައިރުތަކެއް ނުވަނީސްއެވެ.
މީގެ އިތުރުން މި ބްލޫ މޫން އަކީ ސުޕަރ މޫނެކެވެ. މާނަޔަކީ ހަނދު ފެންނާނީ އާންމުކޮށް ފެންނަ ވަރަށް ވުރެ ކުޑަކޮށް ބޮޑުކޮށެވެ. ގާތްގަނޑަކަށް %7 ބޮޑު ގޮތަކަށެވެ. ހަމަ ލޮލުން މި ސައިޒުގެ ތަފާތު އެހާބޮޑަށް ފާހަގަ ނުކުރެވޭނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ބުދަ ދުވަހުގެ ރޭ ޕްލެނެޓް ސެޓަރން ހަނދުގެ މަތީ ކަނާތްފަރާތުގައި ގާތްގަނޑަކަށް 5 ޑިގްރީ ބައިގެ ދުރުމިނެއްގައި އޮވެގެން ހަނދު "ފޮޓޯބޮމް" ކުރާނެއެވެ